ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)141-NGO/141/2021/121
ޕަބްލިޝްކުރި ތާރީޚް: 07 އޭޕްރިލް 2021
ޕަބްލިޝްކުރި ގަޑި: 15:26
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
" ހެލްތް ޑިފެންސް މޯލްޑިވްސް " ޖަމްޢިއްޔާގެ ރަޖިސްޓްރީ ބާޠިލްކުރުމާއި ގުޅޭ

                                  އިޢުލާން

                 ޖަމްޢިއްޔާތަކުގެ ޤަވާޢިދު ނަންބަރު 180-R/2015 25 ވަނަ މާއްދާގެ (ހ) ގައި ވަނީ ޖަމްޢިއްޔާ އުފެއްދުމަށް ހުއްދަދެވޭ ތާރީޚުން ފެށިގެން 6 ( ހައެއް ) މަސްދުވަހުގެ ތެރޭގައި އެ ޖަމްޢިއްޔާއެއްގެ ޤަވާޢިދުގައިވާ ގޮތުގެ މަތިން ހިންގާ ކޮމެޓީއެއްހޮވާ އެކަން ރަޖިސްޓަރަރ އަށް އަންގައި ހުއްދަ ހޯދަންޖެހޭނެ ކަމަށެވެ. އަދި މިމުއްދަތަކީ ޖަމްޢިއްޔާގެ ހިންގާ ކޮމެޓީ އެކުލަވާލުމަށްޓަކައި ދެވިފައިވާ މުއްދަތަކަށްވާތީ ޖަމްޢިއްޔާގެ އިތުރު ޙަރަކާތްތަކެއް މި މުއްދަތުގައި ނުހިންގޭނެއެވެ.

                  ޖަމްޢިއްޔާތަކުގެ ޤަވާޢިދު ނަންބަރު 180-R/2015 ގެ 19 ވަނަ މާއްދާގެ (ހ) ގައި ވަނީ ޤާނޫނެއްގެ ނުވަތަ ޤަވާޢިދެއްގެ ދަށުން ދައުލަތުގެ މުއައްސަސާއަކަށް މަތިކޮށްފައިވާ ކަމެއް، އަދި ދިވެހި ސަރުކާރުގެ އޮފީހެއްގެ މެންޑޭޓުންގެ ތެރޭގައި  ހިމެނޭ ކަމަކާއި ދެކޮޅަށް ޙަރަކާތްތެރި ވުމަކީ އެއްވެސް ޖަމްޢިއްޔާއަކުން ކޮށްގެންވާނޭ ކަމެއް ނޫނެވެ. ނަމަވެސް މިނިސްޓްރީ އޮފް ހެލްތު ގެ މެންޑޭޓް ތެރޭގައި ހިމެނޭ ޢާއްމު ޞިއްޙަތު ހިމާޔަތްކުރުމާއި، އެކަމާއި ގުޅިގެން ކުރަންޖެހޭ ކަންކަމާއި ބެހޭގޮތުން މުޖުތަމަޢުގެ ތެރޭގައި ނުތަނަވަސްކަން ފެތުރޭ މޭރުމުން " ހެލްތް ޑިފެންސް މޯލްޑިވްސް " ޖަމްޢިއްޔާއިން ޙަރަކާތްތައް ހިންގަމުންގެންދާކަން ވަނީ ފާހަގަ ކުރެވިފައެވެ. އަދި މި ޢަމަލަކީ ޖަމްޢިއްޔާތަކާއި ބެހޭ ޤާނޫނާއި، ދިވެހިރާއްޖޭގެ ޤާނޫން އަސާސީއާއި، ބައިނަލްއަޤްވާމީ މުއާހަދާތަކުން ކަށަވަރުކޮށްދޭ ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމުގެ ޙައްޤު ރައްކާތެރިކުރުމަށް ވަކާލާތުކުރާ ޖަމްޢިއްޔާއަކުން ކޮށްގެންނުވާނެ ކަމެއްކަމަށާއި ޢާއްމު ޞިއްޙަތު ރައްކާތެރިކުރުމަށް މިހާތަނަށް އެންމެ ކާމިޔާބުކަމާއެކު ހިންގިފައިވާ ވެކްސިން ދިނުމުގެ ޕްރޮގްރާމްފަދަ ކަންކަމާއި ދެކޮޅަށް ވަކާލާތުކުރުން ކަމުގައި ފާހަގަ ކުރަމެވެ.

                 އިސްވެދެންނެވި ކަންތައްތައް މިހެންހުރުމާއެކު، 27 އޮކްޓޫބަރު 2020 ވަނަ ދުވަހު މިމިނިސްޓްރީގައި ރަޖިސްޓްރީ ކުރެވިފައިވާ ޖަމްޢިއްޔާ އެއްކަމުގައިވާ ހެލްތް ޑިފެންސް މޯލްޑިވްސް ( ރަޖިސްޓްރީ ނަންބަރު CR/65/2020 ) ޖަމްޢިއްޔާ ، ޤާނޫނު ނަންބަރު 2003/1 (ޖަމްޢިއްޔާތަކާބެހޭ ޤާނޫނު) ގެ 19 ވަނަ މާއްދާގެ (ޅ) އަދި (ކ) އާއި ޙަވާލާދީ އެޤާނޫނުގެ 32 ވަނަ މާއްދާގެ ދަށުން މިއަދުން ފެށިގެން އެ ޖަމްޢިއްޔާގެ ރަޖިސްޓްރީ ބާޠިލްކޮށްފީމެވެ.

                  މިހެންވެ، މިކަން ޢާއްމުކޮށް އަންގައި އިޢުލާން ކުރީމެވެ.

07 އޭޕްރިލް 2021