ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)438-MCEP/438/2021/114
ޕަބްލިޝްކުރި ތާރީޚް: 07 އޭޕްރިލް 2021
ޕަބްލިޝްކުރި ގަޑި: 15:09
ސުންގަޑި: 29 އޭޕްރިލް 2021 13:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ރ. ވަންދޫގައި ޓަރޓަލް މޮނިޓަރިންގ ސިސްޓަމެއް ގާއިމު ކުރުމަށް ބެނުންވާ ސަރވައިލަންސް އިކްއިޕްމެންޓް ސަޕްލައި، އިންސްޓޯލް އަދި ކޮމިށަން ކުރުމުގެ މަސައްކަތުގެ އިޢުލާނާއި ގުޅޭ

މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް

ގްރާންޓް ނަމްބަރ: D199-MV

 

ރ. ވަންދޫގައި ޓަރޓަލް މޮނިޓަރިންގ ސިސްޓަމެއް ގާއިމު ކުރުމަށް ބެނުންވާ ސަރވައިލަންސް  އިކްއިޕްމެންޓް ސަޕްލައި، އިންސްޓޯލް އަދި ކޮމިށަން ކުރުމުގެ މަސައްކަތުގެ އިޢުލާނާއި ގުޅޭ

ޕްރޮޖެކްޓް ނަންބަރ: MV-MEE-223533-GO-RFQ

 

2021  ތާރީޚް: 7 އޭޕްރިލް    (IUL)438-MCEP/438/2021/114  ރިފަރެންސް ނަމްބަރ  

 

ވާރލްޑް ބޭންކުގެ ހިލޭ އެހީގައި ހިންގަމުންދާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެ (އެމް.ސީ.އީ.ޕީ) ދަށުން ރ. ވަންދޫގައި ޓަރޓަލް މޮނިޓަރިންގ ސިސްޓަމެއް ގާއިމު ކުރުމަށް ބެނުންވާ ސަރވައިލަންސް އިކްއިޕްމެންޓް ސަޕްލައި، އިންސްޓޯލް އަދި ކޮމިށަން ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު (IUL)438-MCEP/438/2021/106 އިޢުލާންގައި މި މަސައްކަތާއި ގުޅިގެން މަޢުލޫމާތު ސާފް ކުރުމަށާއި، ބީލަން ހުށަހެޅުމަށް ދެވިފައިވާ މުއްދަތު އިތުރު ކުރުމަށްފަހު އަލުން އިޢުލާން ކުރަމެވެ. ވީމާ، މި މަސައްކަތަށް ޝަރުތު ހަމަވާ، އަދި މިފަދަ މަސައްކަތެއް ކުރުމުގެ ޤާބިލްކަން ލިބިފައިވާ ފަރާތްތަކަށް ބީލަން ހުޅަހެޅުމުގެ ދަޢުވަތު އަރުވަމެވެ.

 މަޢުލޫމާތު ސާފުކުރުން

މަސައްކަތާއި ބެހޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވަނީ ގެޒެޓް ކުރާ ތާރީޚުން ފެށިގެން އިން 20 އެޕްރިލް 2021 ގެ 14:00 ގެ ކުރިން މިނިސްޓްރީގެ އީމެއިލް އެޑްރެސް ކަމަށްވާ  [email protected] އަށް އީމެއިލް ކުރައްވައިގެންނެވެ. މިމުއްދަތުގެ ފަހުން ކުރެވޭ ސުވާލުތަކަށް ޖަވާބެއް ނުދެވޭނެއެވެ.

ބިޑު ހުޅުވުން

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 29 އެޕްރީލް 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13.00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިންނަވަން ބޭނުންފުޅުވާ ބޭފުޅުންގެ ޙާޟިރުގައެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން 29 އެޕްރީލް 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13.00  އަށް ބީލަން ފުރިހަމަކުރުމަށްފަހު ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 

އެޑްރެސް:

ޕްރޮޖެކްޓް މެނޭޖަރ

މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް

ހަނދުވަރީ ހިނގުން، 20392

މާލެ، ދިވެހިރާއްޖެ

އީމެއިލް:  [email protected]

ފޯން: 3018441 / 3018451

 

 

 

 

07 އޭޕްރިލް 2021