ވަޒީފާގެ ފުރުޞަތު
ނަންބަރު: AIA-I1/IL/2020/011
ޕަބްލިޝްކުރި ތާރީޚް: 07 އޭޕްރިލް 2021
ޕަބްލިޝްކުރި ގަޑި: 13:53
ސުންގަޑި:
21 އޭޕްރިލް 2021 14:00
އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ލޭބަރަރ، ޖެނެރަލް ވޯކްސް
ލޭބަރަރ، ޖެނެރަލް ވޯކްސް ނަންބަރު: AIA-HR/ADM/IL/2021/12
ބޭނުންވާ އަދަދު: 1
- އަސާސީ މުސާރައިގެ އިތުރުން ދެވޭ އެހެނިހެން އިނާޔަތްތަކާއި އެލަވަންސްތައް ކޮމްޕެނީ ޕޮލިސީގެ ދަށުން ދެވޭނެއެވެ.
މަޤާމުގެ ޝަރުޠު:
- ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށް ދިނުމާއެކު، އުމުރުން 50 އަހަރުން މަތީގެ މީހަކު ކަމުގައި ނުވުން.
މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:
- މީހުންނާ މުއާމަލާތް ކުރުމުގެ ހުނަރާއި ތަޖުރިބާ ލިބިފައިވުން.
- މުވައްޒަފުންނާއި ގުޅިގެން މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.
- ބުރަ މަސައްކަތް ކުރެވޭނެ ފަދަ ސިއްހަތެއް ހުރުމާއެކު ގިނަ ގަޑިތަކުގައި އަވީގަޔާއި ފިނީގައި މަސައްކަތް ކުރެވޭ ފަދަ މީހަކަށްވުން.
- އެކަނި މަސައްކަތް ކުރެވޭ ފަދަ މީހަކަށްވުން.
އާއްމުކޮށް ކުރަންޖެހޭ މަސައްކަތް:
- އެއަރޕޯޓް އިމާރާތްތަކާއި ވަޞީލަތްތައް ދަމަހައްޓާ މަރާމަތުކުރުން.
- ވިނަކޮށައި، ކުނިކަހައި ފަތް ނަގައި ގަމުގެ އެކި ސަރަހައްދުތައް ސާފުތާހިރުކޮށް ބެހެއްޓުމަށް ކުރަންޖެހޭ އިތުރު މަސައްކަތްތައް ކުރުން.
- ސުޕަވައިޒަރުގެ އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތީން ގަމުގެ އިމާތާރްތަކާއި ވަސީލަތްތައް ދަމަހައްޓައި ސާފުކުރުން.
މަޤާމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 21 އެޕްރީލް 2021 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓުގެ އެޑްމިން އޮފީހަށް ފުރިހަމަ ކުރެވިފައިވާ ވަޒީފާއަށް އެދޭ ފޯމް، ސީވީ އަދި އެހެނިހެން ލިޔުންތަކުގެ ކޮޕީ ހުށަހެޅުއްވުމަށް ދަންނަވަމެވެ. ވަޒީފާއަށް އެދޭ ފޯމް www.ganairport.com އިން ޑައުންލޯޑް ކުރެވޭނެއެވެ.
ނޯޓް: އިންޓަރވިއުއަށް ކިޔާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
07 އޭޕްރިލް 2021