ދިވެހިރާއްޖެ
އިޢުލާން
މަޤާމުގެ މަސްއޫލިއްޔަތުން ކައުންސިލަރުން ވަގުތީ ގޮތުން އެއްކިބާކުރުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން ނިންމިކަން އެންގުން
ހއ. އުތީމު ކައުންސިލާ ގުޅޭގޮތުން އޮތޯރިޓީއަށް ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން ހިންގި އިންކުއަރީއިން، ޤާނޫނު ނަންބަރު 2020/5 ގެ ދަށުން ކައުންސިލްތައް ހިންގުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލު ގެ 73 ވަނަ މާއްދާގެ (ހ)، (ށ)، (ނ) އަދި (ރ) ގައި ބަޔާންކޮށްފައިވާ، މަސްއޫލިއްޔަތާއި ވާޖިބު އެކަށީގެންވާ ގޮތަކަށް އަދާނުކުރުމާއި، ވާޖިބު އަދާކުރުމުގައި އިހުމާލުވުމާއި ކައުންސިލްގެ ބާރުތަކާއި ވަޞީލަތްތަކުގެ ބޭނުން ނަހަމަގޮތުގައި ހިފުމާއި، ކައުންސިލަރުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް ކައުންސިލަރުންގެ ޢަމަލުތައް ބަހައްޓާފައިވާކަން އެނގެން އޮތުމާއި، އަދި އޭގެ ތެރެއިން ބައެއް ޢަމަލުތައް ތަކުރާރުކޮށްފައިވާކަން އެނގެން އޮތަތީ، މި އިންކުއަރީން ފާހަގަކުރެވިފައިވާ ކަންކަމުގެ ކުޑަބޮޑު މިނާއި، ހއ. އުތީމު ކައުންސިލަރުންނާ ގުޅޭގޮތުން މި އިންކުއަރީން ފާހަގަކުރެވިފައިވާ ކަންކަމުގެ ސަބަބުން ކައުންސިލަށާއި ލާމަރުކަޒީ ނިޒާމަށް ގެއްލުން ލިބޭނެ މިންވަރަށާއި، މި މައްސަލައާ ގުޅިގެން އޮތޯރިޓީގެ ބޯޑުން ކުރިން ނިންމާފައިވާ ފިޔަވަޅުތަކާއި މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ރިޢާޔަތްކޮށް، ޤާނޫނު ނަންބަރު: 5/2020 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ޤާނޫނު 2020)ގެ 8 ވަނަ މާއްދާގެ (ނ) ގެ (3) އާއި، ޤާނޫނު ނަންބަރު: 5/2020ގެ ދަށުން ކައުންސިލްތައް ހިންގުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލުގެ ދަށުން ހއ. އުތީމު ކައުންސިލުގެ ރައީސް ޢަބްދުﷲ ރަޝީދު (ލަކީކޯނަރ، ހއ. އުތީމު، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: A024108) މުސާރައާއި ޢިނާޔަތްތައް ނުލިބޭނޭހެން 1 (އެކެއް) މަސްދުވަހަށް ސަސްޕެންޑުކުރުމަށާއި، ހއ. އުތީމު ކައުންސިލުގެ ނައިބު ރައީސް މުޙައްމަދު އާދަމް (ކަރަންކާގެ، ހއ. އުތީމު، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: A082850) މުސާރައާއި ޢިނާޔަތްތައް ނުލިބޭނޭހެން 10 (ދިހައެއް) ދުވަހަށް ސަސްޕެންޑުކުރުމަށާއި، އިންކުއަރީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ވަކިވަކި މައްސަލަތަކާ ގުޅިގެން މި ރިޕޯޓުގައި ލަފާދީފައިވާ ފަދައިން ޢަމަލުކުރުމަށް 2021 އެޕްރީލް 01 ވަނަ ދުވަހު ބޭއްވި، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުގެ 2021 ވަނަ އަހަރުގެ 14 ވަނަ ބައްދަލުވުމުން ނިންމާފައިވާތީ، ޤާނޫނު ނަންބަރު: 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 62 ވަނަ މާއްދާގެ (ޅ)ގެ ދަށުން ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރީމެވެ.
25 |
ޝަޢުބާން |
1442ހ. |
07 |
އެޕްރީލް |
2021މ. |