މަސައްކަތް
ނަންބަރު: (IUL)418-AS/418/2021/17
ޕަބްލިޝްކުރި ތާރީޚް: 06 އޭޕްރިލް 2021
ޕަބްލިޝްކުރި ގަޑި: 13:05
ސުންގަޑި: 22 އޭޕްރިލް 2021 10:30
ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. ނަޑެއްލާގައި ކުޑަކުދިންގެ ޕާރކެއް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުން:

ގދ. ނަޑެއްލާގައި ކުޑަކުދިންގެ ޕާރކެއް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުން:

 

މިނިސްޓްރީ އޮފް ޔޫތް، ސްޕޯރޓުސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި މި ކައުންސިލާއި ގުޅިގެން މި ރަށުގައި ޤާއިމް ކުރުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ޕާރކް އަމިއްލަތަކެތީގައާއި މި އިދާރާއިން ޙަވާލުކުރާ ތަކެތީގައި ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި މަޝްރޫޢާއިބެހޭ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ ތިރީގައި މިދަންނަވާ ގަޑިތަކުގައި މި އިދާރާގައެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ ލިޔުމަކުން އެކަން މި އިދާރާއަށް އަންގަވަންވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅާ ސިޓީއުރައިގެ ބޭރުގައި "ގދ. ނަޑެއްލާގައި ކުޑަކުދިންގެ ޕާރކެއް ތަރައްޤީ ކޮށްދިނުމަށް އެދި" މިގޮތަށް ލިޔެފައި އޮންނަންވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

މަޢުލޫމާތު ސާފުކޮށްދިނުން:    19 އޭޕްރިލް 2021 ވާ ހޯމަ ދުވަހުގެ 10:30 ގައި.

އަންދާސީ ހިސާބު ބަލައިގަތުން: 22 އޭޕްރިލް 2021 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

24 ޝަޢުބާން 1442      

06 އޭޕްރިލް 2021  

06 އޭޕްރިލް 2021