މަސައްކަތް
ނަންބަރު: (IUL)B08-HC/2021/10
ޕަބްލިޝްކުރި ތާރީޚް: 06 އޭޕްރިލް 2021
ޕަބްލިޝްކުރި ގަޑި: 12:57
ސުންގަޑި: 21 އޭޕްރިލް 2021 12:00
ނެއްލައިދޫ ޞިއްހީ މަރުކަޒު
ދިވެހިރާއްޖެ
ހދ. ނެއްލައިދޫ ޞިއްޙީމަރުކަޒާއި ނެއްލައިދޫ ކައުންސިލް އިދާރާއާއި ދެމެދު ކޯރުކޮނުމުގެ މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

                       ސަރުކާރުގެ ޞިއްޙީ ޚިދުމަތްދޭ ހުރިހާ ރަށެއް ގުޅާލުމަށް ކުރިއަށް ގެންދެވޭ މަޝްރޫޢުގެ ދަށުން ރަށު ކައުންސިލާއި ޞިއްޙީ މަރުކަޒާއި ދެމެދު ކޯރުކޮނުމުގެ މަސައްކަތް ކޮއްދޭނެ ފަރާތެއް ބޭނުންވެއެވެ.

                       ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 06 އެޕްރީލް 2021 ވާ އަންގާރަ ދުވަހުން ފެށިގެން 21 އެޕްރީލް 2021 ވާ ބުދަ ދުވަހުގެ ނިޔަލަށް، އޮފީސް ހުޅުވިފައި ހުންނަ ދުވަސްތަކުގެ ހެނދުނު 09:00 އިން 12:00 އާއި ދޭތެރޭ މި ޞިއްޙީމަރުކަޒުގެ އޮފީހަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. ނުވަތަ މި އިޢުލާނާއިއެކު  އެޓޭޗްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަކުރެއްވުމަށްފަހު  [email protected]     އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު އެޓޭޗް ކުރެވިފައިވާނެއެވެ.  އަދި 22 އެޕްރީލް 2021 ވާ ބުރާސްފަތި ދުވަހު ހެނދުނު 10:00 ގައި ޕްރީބިޑް ސެޝަން މި ޞިއްޙީމަރުކަޒުގައި އޮންނާނެއެވެ.  

                       އަންދާސީ ހިސާބު ހުށަހެޅުން، 26 އެޕްރީލް 2021 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި މި ޞިއްޙީމަރުކަޒުގައި އޮންނާނެއެވެ.  

                       މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 22 އެޕްރީލް 2021 ވާ ބުރާސްފަތި ދުވަހު ހެނދުނު 10:00 ގެ ކުރިން [email protected]   އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

މިހެންވެ މިކަން އާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

06 އެޕްރީލް 2021   

06 އޭޕްރިލް 2021