ޢާންމު މަޢުލޫމާތު
ނަންބަރު: (PP)271-CA/271/2021/2
ޕަބްލިޝްކުރި ތާރީޚް: 06 އޭޕްރިލް 2021
ޕަބްލިޝްކުރި ގަޑި: 12:16
މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަންޑާރަ ގޯތި ދޫކުރުމަށް އަމަލުކުރާ އުސޫލުގެ ފުރުތަމަ އިސްލާޙް

`

ކަނޑިތީމުން ދިރިއުޅުމަށް ގޯތިދޫކުރުމުގައި ޢަމަލު ކުރާނެގޮތުގެ އުޞޫލް

ފުރަތަމަ އިސްލާޙް

ކަނޑިތީމުން ދިރިއުޅުމަށް ގޯތިދޫކުރުމުގައި ޢަމަލު ކުރުމަށް އެކުލަވާލައި، 10 ފެބްރުއަރީ 2021ގައި ކައުންސިލުން ފާސްކޮށްފައިވާ އުޞޫލް ނަމްބަރ: (PP)271-CA/271/2021/1 އަށް ތިރީގައިވާ ގޮތުގެ މަތީން ވަނީ އިސްލާޙް ގެނެވިފައެވެ.

އުޞޫލްގެ 5 ވަނަ މާއްދާގެ (ށ) ތިރީގައިވާ ގޮތަށް އިސްލާޙް ކުރެވިފައި:

ގެވަޅު ކޮމެޓީ މެމްބަރުންގެ އަދަދު، ކޮމެޓީއަށް މީހުން އައްޔަންކުރުން

5.

 

ށ

ކައުންސިލުން އެކުލަވާލާ ގެވަޅު ކޮމިޓީގައި ސަރުކާރު މުވައްސަސާތަކުން 4 (ހަތަރެއް) މެމްބަރުންނާއި ރަށުގައި ރަޖިސްޓްރީ ވެގެން ހިންގާ ކުލަބް، ޖަމްޢިއްޔާތަކުން 2 (ދޭއް) މެމްބަރުން އަދި ޢާއްމުންގެ ތެރެއިން 1 (އެކެއް) މެމްބަރުން ހިމަނަންވާނެއެވެ. ކޮމިޓީގެ ޗެއާރކަން ކުރައްވާނީ މުވައްސަސާތަކުން ކޮމިޓީއަށް ކަނޑައަޅާ މެމްބަރުންގެ ތެރެއިން ކައުންސިލުން ކަނޑައަޅާ މެމްބަރެކެވެ.

 

އުޞޫލްގެ 9 ވަނަ މާއްދާގެ (ހ) ގެ 06 ވަނަ ނަމްބަރ ތިރީގައިވާ ގޮތަށް އިސްލާޙު ކުރެވިފައި:

ބަންޑާރަ ގޯއްޗަށް އެދޭމީހުންނަށް ޕޮއިންޓް ދޭނެގޮތް

9.

ހ

ކެޓަގަރީތައް

ޕޮއިންޓް

06. ރައްވެހިކަމުގެ ބައި

ހ. ރަށުގެ ރައްވެއްސެއް ނަމަ

ށ. ރަށުގައި ދިރިއުޅޭނަމަ (ފޯމު ހުށަހެޅި އަނބިމީހާ / ފިރިމީހާ)

ރ. ރަށުން ބޭރުގައި ދިރިއުޅޭނަމަ (ފޯމު ހުށަހެޅި އަނބިމީހާ / ފިރިމީހާ)

 

10

20

05

 

06 އޭޕްރިލް 2021