ދިވެހިރާއްޖެ
ސަރުކާރުގެ ޞިއްޙީ ޚިދުމަތްދޭ ހުރިހާ ރަށެއް ގުޅާލުމަށް ކުރިއަށް ގެންދެވޭ މަޝްރޫޢުގެ ދަށުން ހދ ނައިވާދޫ ކައުންސިލް އިދާރާއިން މިމަރުކަޒަށް ފައިބަރ ނެޓްވޯރކް ކޭބަލް އެޅުމަށް ކޯރުކޮނެދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއެވެ.
ވީމާ މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2021 އޭޕްރީލް 15 ވާ ބުރާސްފަތި ދުވަހު މެންދުރު ފަހު 13:00 ށް މިމަރުކަޒަށް ދުރުވެ މަޢުލޫމާތު ސާފްކުރެއްވުމަށްފަހު، 2021 އޭޕްރީލް 22 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ށް އަންދާސީ ހިސާބް ހުށައެޅުއްވުން އެދެމެވެ. އަންދާސީ ހިސާބް ހުށައަޅުއްވާއިރު ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ އެކަން ބަޔާންކޮށް ސިޓީ ހުށައަޅަން ވާނެއެވެ. އަދި މަޢުލޫމާތު ސާފްކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބް ހުށައެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.