ކުއްޔަށް ދިނުން
ނަންބަރު: (IUL)GS-130/GS-130/2021/5
ޕަބްލިޝްކުރި ތާރީޚް: 06 އޭޕްރިލް 2021
ޕަބްލިޝްކުރި ގަޑި: 11:17
ސުންގަޑި:
15 އޭޕްރިލް 2021 12:00
މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު
- މިސްކޫލަށް އިތުރުކުރެވުނު ހުސްބިމުގެ ބައެއް ދަނޑުވެރިކަމުގެ މަސައްކަތަށް ދޫކުރުމަށް ކުރެވުނު މިސްކޫލްގެ ނަންބަރ (IUL)GS-130/GS-130/2021/3 އިޢުލާނާ ގުޅިގެން އެއްވެސް ޕްރޮޕޯސަލެއް ލިބިފައިނުވާތީ، އެއިޢުލާނު ބާތިލުކޮށް މިކަމަށް ޝައުގުވެރިފާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ދެވަނަ ފަހަރަށް ދަޢުވަތު އަރުވަމެވެ.
- މިކަމަށް އެދޭ ފަރާތްތަކުން، މިސްކޫލްގައި ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓް ކުރުން އޮންނާނީ 2021 އޭޕްރިލް 06 އިން 2021 އޭޕްރިލް 15 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 12:00 އަށެވެ. ޕްރޮޕޯސަލް ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
- މިބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 އޭޕްރިލް 15 ވާބުރާސްފަތި ދުވަހުގެ 12:30 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- ބިޑް ބަލައިގަތުމާއި ހުޅުވުން އޮންނާނީ 2021 އޭޕްރިލް 20 ވާ އަންގާރަ ދުވަހުގެ 12:00 ގައި މިސްކޫލްގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަތްފޮތް ނަންނޯޓް ކުރާފަރާތްތަކަށް މެއިލްކޮއްދެވޭނެއެވެ.
- ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- ހިތާދޫ ސްކޫލް
- ބ. ހިތާދޫ، ދިވެހިރާއްޖެ.
- ފޯން: 6600314
- އީ-މެއިލް: [email protected]
06 އޭޕްރިލް 2021