މަސައްކަތް
ނަންބަރު: (IUL)B10-HC/2021/02
ޕަބްލިޝްކުރި ތާރީޚް: 06 އޭޕްރިލް 2021
ޕަބްލިޝްކުރި ގަޑި: 11:06
ސުންގަޑި: 22 އޭޕްރިލް 2021 11:30
ކުރިނބީ ހެލްތު ސެންޓަރ، ހދ. ކުރިނބި
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

ހދ. ކުރިނބީ ކައުންސިލްގެ އިދާރާއިން މިމަރުކަޒަށް ފައިބަރނެޓްވޯކް ކޭބަލް އެޅުމަށް ކޯރުކޮނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއްހޯދުމަށް ބޭނުންއެވެ.

       ވީމާ މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީހުގައި މިމަރުކަޒަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށައެޅުން އެދެމެވެ. މައުލޫމާތު ސާފުކުރަން ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނެވުން އެދެމެވެ.

 

  • ·         މަޢުލޫމާތު ސާފުކުރުން

15 އޭޕްރީލް 2021 ވަނަ ދުވަހުގެ 11:30 ގައި ކުރިނބީ ޞިއްހީމަރުކަޒުގައި.

 

  • ·         އަންދާސީ ހިސާބު ހުށަހެޅުން

22 އޭޕްރީލް 2021 ވަނަ ދުވަހުގެ 11:30 ގައި ކުރިނބީ ޞިއްހީމަރުކަޒުގައި.

 

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި ބަދަލުގައި އެހެންފަރާތުން ވަޑައިގަންނަވާނަމަ އެކަން ބަޔާންކޮށް ސިޓީއެއް ހުށައަޅުއްވަން ވާނެއެވެ.

06 އޭޕްރިލް 2021