ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)1-PPO/1/2021/41
ޕަބްލިޝްކުރި ތާރީޚް: 06 އޭޕްރިލް 2021
ޕަބްލިޝްކުރި ގަޑި: 09:43
ސުންގަޑި: 15 އޭޕްރިލް 2021 12:30
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގެ މުއްދަތު އިތުރުކުރުން

އިޢުލާނު

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގެ މުއްދަތު އިތުރުކުރުން

މި އޮފީހުގެ ނަންބަރު 1/2021/37/ޕީ.ޕީ.އޯ-1(އައި.ޔޫ.އެލް) (31 މާރިޗު 2021) އިޢުލާނާ ހަވާލާދީ ދަންނަވަމެވެ.

މި އޮފީހުގެ ނަންބަރު 2021/5 (4 އެޕްރީލް 2021) ދެންނެވުމުން 2021 އެޕްރީލް 11 ވަނަ ދުވަހާއި 12 ވަނަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވާފައިވާތީ، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގެ މުއްދަތު 15 އެޕްރީލް 2021 ވާ ބުރާސްފަތި ދުވަހުގެ 12:30 ގެ ނިޔަލަށް އިތުރުކުރައްވައި، އެކަން އިޢުލާނުކުރަމެވެ.

ވީމާ، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރާއި ކުށާއި ދަރަނީގެ ރެކޯޑު ފޯމާއި، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2021 އެޕްރީލް 14 އަދި 15 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރުފަހު 12:30 އަށް ކަމުގައި ދެންނެވީމެވެ.

_____________________

24 ޝަޢުބާން 1442

06 އޭޕްރިލް 2021