ދިވެހިރާއްޖެ
ހިޔާ މަޝްރޫޢުގެ ކެޓަގަރީތަކުގެ ތެރެއިން ހިޔާ މަޝްރޫޢުގެ ފަންނީ ކެޓަގަރީގައި ހިމެނޭ (H4 ޑޮކްޓަރުންނާއި ނަރުހުން، H5 ޓީޗަރުންނަށް ޚާއްޞަ، އަދި ސިވިލް ސަރވިސް ފްލެޓުގެ ފަންނީ ކެޓަގަރީ) ފްލެޓް ލިބޭ ފަރާތްތަކަށް، ހިޔާ މަޝްރޫޢުން ލިބޭ ފްލެޓުގެ ބަދަލުގައި، ސަރުކާރުގެ ކުރިއަށްހުރި ހައުސިންގ މަޝްރޫޢުތަކުގެ ތެރެއިން މަޝްރޫޢަކުން ފްލެޓް ހޯދުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާ ވާހަކަ ދަންނަވަމެވެ.
މިފުރުޞަތަކީ، ހިޔާ ފްލެޓަށް ކުރިމަތިލާފައިވާ ފަންނީ ފަރާތްތަކަށް ލިބޭ އާމްދަނީ އާއި އެއްހަމަ އެއްގައި ލިބިގެންދާނެ ބޯހިޔާވަހިކަމެއްކަމަށް މިމިނިސްޓްރީއިން ދެކެމެވެ. އަދި ހަމަ އެއާއެކު މިހުޅުވާލެވޭ ފުރުޞަތުގެ ދަށުން ހުރި ހައުސިންގ މަޝްރޫޢުތަކުގެ ފްލެޓުތައް ވެގެންދާނީ، އެފްލެޓް ތަކުގެ އަގު ތަނުގެ ފެންވަރާއި އެއްވަރަށް ހިފެހެއްޓިފައިވާ، އަދި ޖާގައިގެ ގޮތުން ތަނަވަސް 03 ކޮޓަރީގެ ފްލެޓްތަކަށެވެ.
ވީމާ، އިސްވެ ދެންނެވި ކެޓަގަރީތަކުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ހިޔާ މަޝްރޫޢުގެ ފްލެޓް ދޫކޮށްލައްވަން އެދިލައްވާ ފަރާތްތަކުން، 6 އޭޕްރީލް 2021 އިން ފެށިގެން 19 އޭޕްރީލް 2021 ގެ ނިޔަލަށް މި މިނިސްޓްރީއަށް އެކަން، ތިރީގައި ބަޔާންކޮށްފައިވާ ޒަރީޢާތައް މެދުވެރިކޮށް އަންގަވައިދެއްވުމަށް ދެންނެވީމެވެ.
1-ސިޓީ: ސިޓީ އުރައިގެ ބޭރުގައި "ހިޔާ މަޝްރޫޢުގެ ފަންނީ ކެޓަގަރީގައި ހިމެނޭ (H4ޑޮކްޓަރުންނާއި ނަރުހުން،H5ޓީޗަރުންނަށް ޚާއްޞަ އަދި ސިވިލް ސަރވިސް ފްލެޓުގެ ފަންނީ ކެޓަގަރީ) ފްލެޓް ލިބޭ ފަރާތްތަކަށް ބޯހިޔާވަހިކަމުގެ އެހެން މަޝްރޫޢުތަކުން އެދި"
2- އީމެއިލް [email protected] :
3- WhatsAppއެސް.އެމް އެސް އަދި 7444971
4- ފޯން: 4004951, 4004954, 4004955, 4004959
05 އޭޕްރިލް 2021