ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)182-Enf/182/2021/5
ޕަބްލިޝްކުރި ތާރީޚް: 05 އޭޕްރިލް 2021
ޕަބްލިޝްކުރި ގަޑި: 18:41
ސުންގަޑި: 29 އޭޕްރިލް 2021 14:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ މެންޑޭޓުގައިވާ ކަންކަން ތަންފީޒުކުރުމަށްޓަކައި ކުރިއަށް ގެންދާ އިންސްޕެކްޝަންތަކުގައި ބޭހާއިބެހޭ ޤަވާއިދު

 

 

 މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ

   މިނިސްޓްރީ އޮފް ހެލްތު

          

               

                 އިޢުލާން

             މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ މެންޑޭޓުގައިވާ ކަންކަން ތަންފީޒުކުރުމަށްޓަކައި ކުރިއަށް ގެންދާ އިންސްޕެކްޝަންތަކުގައި ބޭހާއިބެހޭ ޤަވާއިދު (ނަންބަރު: 2014/R-46) އަދި ޤަވާއިދުގެ ފުރަތަމަ އިސްލާހު (ނަންބަރު: 2016/R-49) އާއި ޚިލާފަށް ބޭސް ފިހާރަ ހިންގުމާއި ބޭސް ރައްކާކޮށް، ބޭސް ދޫކުރުމުގެ ކަންކަން ކުރިއަށް ގެންދާކަން ފާހަގަކުރެވެއެވެ. އަދި ބޭސް ބަހައްޓަން ޖެހޭ ފިނިހޫނުމިނާއި ހިލާފަށް، ބޭހުގެ ފެންވަރަށް ނޭދެވޭ އަސަރުކުރާގޮތަށް ބޭސްބަހައްޓާ، ވިއްކަމުންދާކަންވެސް ވަނީ ފާހަގަކުރެވިފައެވެ.

 

             ބޭހުގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރުކުރުމަށްޓަކައި ޤަވާއިދުގައި ބަޔާންކޮށްފައިވާ ފަދައިން ބޭސް ފިހާރަ އަދި ބޭސް ގުދަން ހިންގާ އިމާރާތަކީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގައި ރަޖިސްޓްރީކޮށް "ޑޮކްޓަރީ ބޭސް ވިއްކުމުގެ ހުއްދަ" އާއި އެކު ހިދުމަތްދެމުންގެންދާ ތަންތަނަށް ވާންޖެހެއެވެ. އަދި ބޭސް ފިހާރައެއްގައި ފާމަސިސްޓް / ފާމަސީ އެސިސްޓެންޓް ނުވަތަ ޑިސްޕެންސަރ އެއްގެ ގޮތުގައި ޑޮކްޓަރީ ބޭސް ދޫކުރުމުގެ މަސައްކަތްކުރެވޭނީ މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލްގައި ރަޖިސްޓްރީވުމަށްފަހު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތީރިޓީ އިން ދޫކުރާ ޑޮކްޓަރީ ބޭސް ދޫކުރުމުގެ ހުއްދަ އާއި އެކު ކަމަށް ދަންނަވަމެވެ. ވީމާ ހުއްދަ ނެތް ފަރާތްތައް ބޭސް ދޫކުރުމަކީ މަނާކަމެއްކަމުގައި އަންގަމެވެ. މީގެ އިތުރުން ބޭހާއިބެހޭ ޤަވާއިދު (ނަންބަރު: 2014/R-46) ގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ރަޖިސްޓްރީކޮށްފައިވާ ބޭސްފިހާރައިގެ ޑޮކްޓަރީ ބޭސްވިއްކުމުގެ ހުއްދަ ދެއަހަރުން އެއްފަހަރު އައުނުކޮށް ޚިދުމަތްކުރިއަށް ގެންދިޔުމަކީވެސް މަނާކަމެއްކަމުގައި ދަންނަވަމެވެ. މިގޮތުން ޑޮކްޓަރީ ބޭސް ވިއްކުމުގެ ހުއްދަ އައުކުރުމުގެ ކަންކަން ކުރިއަށް ގެންދާނީ ކަނޑައެޅިފައިވާ އުސޫލާއި އެއްގޮތަށް އެތަންތަން އިންސްޕެކްޓް ކުރުމަށްފަހުގައި ކަމަށްވާތީ ހުއްދައިގެ މުއްދަތުހަމަވުމުގެ 7 ދުވަސް ކުރިން ހުށަހެޅުމަށް އާއްމުކޮށް އަންގައި ޢިޢުލާން ކުރަމެވެ.

       

               އަދި ދަންނަވަމެވެ. މަތީގައި ބަޔާންކޮށްފައިވާ ފަދަ ހައި ރިސްކް (އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅިފައިވާ) މައްސަލަތައް ފާހަގަކުރެވޭ ތަންތަނާއި މެދު ބޭހާއިބެހޭ ޤަވާއިދު (ނަންބަރު: 2014/R-46) ގެ 11 ވަނަ މާއްދާ ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެފަރާތް ތަކަށް ފިޔަވަޅު އަޅަމުން ގެންދާނެ ކަމުގައިވެސް  ދަންނަވެމެވެ.

  

               މިކަމާބެހޭ އިތުުރު މައުލޫމާތު މިއޮތޯރިޓީގެ ހޮޓްލައިން ނަންބަރު 7200321 އިން ލިބިވަޑައިގަންނަވާނެ އެވެ.

 

       23 ޝައުބާން 1442  ހ.

                                

05 އޭޕްރިލް 2021