މަސައްކަތް
ނަންބަރު: (IUL)B06-HC/2021/01
ޕަބްލިޝްކުރި ތާރީޚް: 05 އޭޕްރިލް 2021
ޕަބްލިޝްކުރި ގަޑި: 14:34
ސުންގަޑި: 21 އޭޕްރިލް 2021 00:00
ހިރިމަރަދޫ ޞިއްޙީ މަރުކަޒު/ ހދ. ހިރިމަރަދޫ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

ހިރިމަރަދޫ ކައުންސިލްގެ އިދާރާއިން މިމަރުކަޒަށް ފައިބަރނެޓްވޯކް ކޭބަލް އެޅުމަށް ކޯރުކޮނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

މި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން އޮންނާނީ 14 އޭޕްރީލް 2021 ވާ ބުދަ ދުވަހުގެ 11:00 ގައި ހިރިމަރަދޫ ޞިއްޙީ މަރުކަޒުގައެވެ. މައުލޫމާތު ސާފު ކުރުމަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނެވުންއެދެމެވެ.

އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ 21 އޭޕްރީލް 2021 ވާ ބުދަ ދުވަހުގެ 11:00 ގައި މި މަރުކަޒުގައެވެ. އަންދާސީ ހިސާބު ހުށައަޅުއްވާއިރު ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީ ހުށައަޅަންވާނެއެވެ. މިފަދަލިއުމެއްނެތި ހުށައެޅޭ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

                     ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

23 ޝައުބާން 1442

05 އޭޕްރިލް 2021

05 އޭޕްރިލް 2021