ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ވެލާނާގޭގައި ހުންނަ އޮފީހުގެ ކުޑަދޮރުތަކުގައި ބްލައިންޑްސް ހަރުކޮށްދޭނެފަރާތެއް ހޯދުމާއި ގުޅޭ
ނަންބަރު:(IUL) 101-AS/101/2021/82
އިޢުލާން
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ވެލާނާގޭގައި ހުންނަ އޮފީހުގެ ކުޑަދޮރުތަކުގައި ބްލައިންޑްސް ހަރުކޮށްދޭނެފަރާތެއް ހޯދަންބޭނުންވެއެވެ.
ވީމާ، މިމަސައްކަތްކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ވުމަށް ދެވިފައިވާ މުއްދަތުގައި މިލިންކްގައިވާ ފޯމު https://forms.office.com/r/Vz8A022kU1 މެދވެރިކޮށް ރަޖިސްޓަރ ކުރެއްވައި، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މި އިޢުލާންއާއި ގުޅޭ މުހިންމު ސުންގަޑިތައް
ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ކުރެއްވުމުގެ ސުންގަޑި |
8 އޭޕްރިލް 2021 ވާ ބުރާސްފަތި ދުވަހުގެ 16:00 |
ބީލަން ހުށަހެޅުއްވުމަށް ރަޖިސްޓަރ ކުރާ ފަރާތްތަކަށް ބާއްވާ ޕްރީ-ބިޑް ބައްދަލުވުން |
15 އޭޕްރިލް 2021 ވާ ބުރާސްފަތި ދުވަހު (ބައްދަލުވުން ބާއްވާނެ ގަޑި ރަޖިސްޓްރީވި ފަރާތްތަކަށް މިމިނިސްޓްރީން އަންގާނެއެވެ.) |
ބީލަމާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމުގެ ސުންގަޑި |
19 އޭޕްރިލް 2021 ވާ ހޯމަ ދުވަހުގެ 13:00 |
އަންދާސީ ހިސާބު ހުށަހެޅުން |
21 އޭޕްރިލް2021 ވާ ބުދަ ދުވަހު 11:00 |
ބީލަން ހުށަހަޅާ ފަރާތަކީ މިމިނިސްޓްރީގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި އެސް.އެމް.އީ އެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ.
މިޢިއުލާނާއި ގުޅޭ މަޢުލޫމާތް ކަރުދާސް މިއިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ [email protected] އަށް އީމެއިލް ފޮނުވުމުން، އެކަމުގެ މަޢުލޫމާތު ސާފުކޮށްދިނުމަށްފަހު ހުރިހާ ބީލަންވެރިންނަށް އެމައުލޫމާތް އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ.
5 އޭޕްރިލް 2021