ދިވެހިރާއްޖެ
އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް
މާލެ،
ދިވެހިރާއްޖެ
ނަމްބަރު: IAS/MIS/2021-505
އިޢުލާން
މިކުންފުނީގައި ގިނަދުވަހު ބޭނުންކޮށްފައިވާ ބައެއް ތަކެތި ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ. ވީމާ، މިނީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 8 އޭޕްރީލް 2021 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް އެއަރޕޯޓަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު ހަމަ އެދުވަހުގެ ހެނދުނު11:00ގައި ނީލަމުގައި ބައިވެރިވުމުގެ ފުރުޞަތުވާކަމުގައި ދަންނަވަމެވެ.
މިނީލަމަކީ އެއަރޕޯރޓްގައި އޮންނަ ނީލަމަކަށްވާތީ، ވަގުތީ ފާސްހެދުމަށް ނީލަމުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން އައި.ޑީ.ކާޑުގެ ކޮޕީ އެއް 6 އޭޕްރީލް 2021ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން އައިލެންޑް އޭވިއޭޝަން މައި އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.
މިކަމާބެހޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ރަސްމީ ދުވަސްތަކުގެ 08:00 - 14:00 އާ ދެމެދު 3335566އާ ގުޅުއްވުން އެދެމެވެ.
23 شَعْبَان 1442
05 އޭޕްރީލް 2021