މަސައްކަތް
ނަންބަރު: (IUL)IM/1/2021/10
ޕަބްލިޝްކުރި ތާރީޚް: 05 އޭޕްރިލް 2021
ޕަބްލިޝްކުރި ގަޑި: 11:59
ޢިމާދުއްދީން ސްކޫލް
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

            މިސްކޫލް ދަރިވަރުންގެ ރަސްމީ ޔުނީފޯރމް 2021 ވަނަ އަހަރުގެ ދިރާސީ އަހަރުން ފެށިގެން ބަދަލުކުރުމަށް ހަމަޖެހިފައިވާތީ، ޔުނީފޯރމް ފަހާ ފޮތި އަދި ޔުނީފޯރމް ވިއްކާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. 

            ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 08 އޭޕްރީލް 2021 ވާ ބުރާސްފަތި  ދުވަހުގެ ހެނދުނު 11.00 ށް މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 28 އޭޕްރީލް 2021 ވާ ބުދަ ދުވަހުގެ ހެނދުނު 11.00 ށް މިސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. އަދި މަތީގައި ދެންނެވިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުއްވުމުގެ ފުރުސަތު ދެވެން ނޯންނާނެވާހަކަ ދެންނެވީމެވެ. 

05 އޭޕްރިލް 2021