ވަޒީފާގެ ފުރުޞަތު
ނަންބަރު: FSM-ADV/2021/015
ޕަބްލިޝްކުރި ތާރީޚް: 05 އޭޕްރިލް 2021
ޕަބްލިޝްކުރި ގަޑި: 10:55
ސުންގަޑި: 08 އޭޕްރިލް 2021 12:00
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

ތިރީގައި މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.     

މަޤާމް:

އެސިސްޓަންޓް މެނޭޖަރ

ބޭނުންވާ ޢަދަދު:

01

ޝަރުތުތައް:

މާކެޓިންގ ދާއިރާއިން ބެޗެލަރސް ޑިގްރީ، އަދި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ

ވަޒީފާގެ މަސްޢޫލިއްޔަތު:

ކުންފުނީގެ މާކެޓިންގ މަސައްކަތްތައް ބެލެހެއްޓުން.

ކަސްޓަމަރުންގެ ރެޖިސްޓްރޭޝަން އަދި ކްރެޑިޓް އެގްރީމަންޓްތައް ބެލެހެއްޓުން.

ތެލުގެ އަގަށް އަންނަ ބަދަލާއި ގުޅިގެން ކުރަން ޖެހޭ މަސައްކަތް ބެލެހެއްޓުން.

މަހު މުސާރަ:

16،000 އާއި 18،000 ރ އާއި ދެމެދު

ޑިޕާޓްމަންޓް:

ސޭލްސް އެންޑް މާކެޓިންގ ޑިޕާޓްމަންޓް

 

ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 08 އޭޕްރީލް 2021 ވާ އާދީއްތަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، އެޓެސްޓެޑް ސެޓިފިކެޓް ތަކުގެ ކޮޕީ އަދި ޕޮލިސް ރިޕޯޓް އާއި އެކު މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ. އެޕްލިކޭޝަން ފޯމުލިބިލައްވާނީ ކުންފުނީގެ ވެބްސައިޓުންކަން ދަންނަވަމެވެ (http://fuelmaldives.com/Home/Downloads.)

އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331443 ނަންބަރަށް ގުޅުއްވުން އެދެމެވެ.

05 އޭޕްރިލް 2021