ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)182-Enf/2021/4
ޕަބްލިޝްކުރި ތާރީޚް: 04 އެޕްރީލް 2021
ޕަބްލިޝްކުރި ގަޑި: 18:12
ސުންގަޑި: 18 އެޕްރީލް 2021 13:30
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ކޮންޓްރޯލް ޑްރަގްސް ލިޔުމަށް ހާއްސަކޮށްފައިވާ ބްލޫޕްރިސްކްރިޕްޝަން ފޮތް 3 އަހަރުގެ މުއްދަތަށް ޗާޕްކޮށް ވިއްކާނެ ފަރާތެއް ހޯދުމަށް

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ

  މިނިސްޓްރީ އޮފް ހެލްތް

        މާލެ،                                               

      ދިވެހިރާއްޖެ

               

 

 

އިޢުލާން

 

         ކޮންޓްރޯލް ޑްރަގްސް ލިޔުމަށް ހާއްސަކޮށްފައިވާ ބްލޫޕްރިސްކްރިޕްޝަން ފޮތް 3 އަހަރުގެ މުއްދަތަށް ޗާޕްކޮށް ވިއްކާނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.

          ވީމާ، މިކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 04 އެޕްރީލް 2021 ވާ ހޯމަ ދުވަހުން ފެށިގެން 18 އޭޕްރިލް 2021 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން  އިއުލާނާއެކު ގެޒެޓްކޮށްފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު[email protected] އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މި މަސައްކަތާއި ގުޅޭ މައުލޫމާތު ޝީޓް ގެޒެޓް ކޮށްފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ  21 އޭޕްރިލް 2021 ވާ ބުދަ ދުވަހުގެ ހެނދުނު 10:30 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

         މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 19 އެޕްރީލް 2021 ވާ ހޯމަ ދުވަހު ހެނދުނު 10:30 ގެ ކުރިން  [email protected]އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. 

                          22 ޝައުބާން 1442

04 އެޕްރީލް 2021