ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-ER/1/2021/74
ޕަބްލިޝްކުރި ތާރީޚް: 01 އޭޕްރިލް 2021
ޕަބްލިޝްކުރި ގަޑި: 17:16
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
'ވަރކް ޕަރމިޓް ހެލްތް ކަވަރ/ އިންޝޫރެންސްގެ މިނިމަމް ރިކުއަރމަންޓްސް' އާ ގުޅޭ

'ވަރކް ޕަރމިޓް ހެލްތް ކަވަރ/ އިންޝޫރެންސްގެ މިނިމަމް ރިކުއަރމަންޓްސް' އާ ގުޅޭ:

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީނަށް ވަރކް ޕަރމިޓް ހޯދުމަށްޓަކައި ނަގަންޖެހޭ "ވަރކް ޕަރމިޓް އިންޝޫރެންސް" ގެ ޚިދުމަތް ދިނުމުގައި، މި މިނިސްޓްރީން އެކުލަވާލާފައިވާ އުސޫލުތަކާއި ޚިލާފަށް، މިނިމަމް ރިކުއަރމެންޓްގައި ހިމަނާފައިވާ ބައިތަކުން ބައެއް ބައިތައް އުނިވެގެންދިއުމަށް މަގުފަހިވާގޮތަށް، އިންޝޫރެންސް ދޭ ބައެއް ފަރާތްތަކުން ޕޮލިސީ ފަރުމާކޮށް ވިއްކަމުންދާކަމުގެ މަޢުލޫމާތު މި މިނިސްޓްރީ އަށް ވަނީ ލިބިފައެވެ.

މި މިނިސްޓްރީ އިން ކަނޑައަޅާފައިވާ އުސޫލުތަކާއި މިނިމަމް ރިކުއަރމަންޓް ފުރިހަމަ ނުވާގޮތަށް، ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީނަށް އިންޝޫރެންސް ޕޮލިސީ ވިއްކޭ ނަމަ، ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދުގުގެ ދަށުން ހާސިލްކުރުމަށް ކަނޑައެޅިފައިވާ މަޤްޞަދު ގެއްލިގެންދާނެކަމުގައި ދަންނަވަމެވެ.

ވީމާ، އިންޝޫރެންސް ޕޮލިސީ އެކުލަވާލައި ވިއްކުމުގައި މި މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުތަކާއި މިނިމަމް ރިކުއަރޔަމަންޓާ އެއްގޮތްވާގޮތުގެ މަތިން އަމަލުކުރުމަށް އާއްމުކޮށް އަންގައި އިއުލާނުކުރަމެވެ. އަދި މި މި އުސޫލާއި ޚިލާފަށް ދޫކޮށްފައިވާ އިންޝޫރެންސް ޕެކޭޖްތަކަކީ، ރާއްޖޭގައި ވަޒީފާއަދާކުރާ ބިދޭސީންގެ ވަރކް ޕަރމިޓް ހޯދުމުގެ ދޫކުރުމަށް ބަލައިގަނެވޭނެ ޕެކޭޖްތަކެއް ނޫންކަމުގައި ދެންނެވީމެވެ. އަދި އުސޫލާއި ޚިލާފަށް ވަރކް ޕަރމިޓް އިންޝޫރެންސްގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތައް، އިންޝޫރެންސް ދިނުމަށް ހުއްދަ ދީފައިވާ ފަރާތްތަކުގެ ލިސްޓުން އުނިކުރެވޭނެ ވާހަކަ ދެންނެވީމެވެ.

01 އޭޕްރިލް 2021