ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)430-DBA-B/430/2021/8
ޕަބްލިޝްކުރި ތާރީޚް: 01 އޭޕްރިލް 2021
ޕަބްލިޝްކުރި ގަޑި: 17:16
ސުންގަޑި: 09 މޭ 2021 13:30
ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
އަލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީގެ ވާދައިގެ ތަށްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 36ވަނަ ޤައުމީ މުބާރާތާއި އައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ވާދައިގެ ތަށްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 32ވަނަ ޤައުމީ މުބާރާތް

2021ވަނަ އަހަރުގެ އަދަބީ ކަލަންޑަރުގައި ކަނޑައަޅައިފައިވާ އަލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީގެ ވާދައިގެ ތަށްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 36ވަނަ ޤައުމީ މުބާރާތާއިއައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ވާދައިގެ ތަށްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 33ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ދޮރު މިހާރު ވަނީ ހުޅުވައިލައިފައެވެ. މި އަހަރު ވެސް މި ދެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަތުން ނޫނީ ކޮންޕިއުޓަރުން ލިޔެގެން އެކެޑަމީން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ހުށައަޅާ ގޮތަށެވެ.

  • މި ދެ މުބާރާތް ބެހިފައިވަނީ ތިރީގައި މިވާ ހަތަރު ބަޔަށެވެ.
  1. އިސްކޫލުތަކުގެ ބައި
  2. މަތީ ތަޢުލީމުގެ ބައި (ޔުނިވަރސިޓީ / ކޮލެޖުތަކުގެ ބައި)
  3. އޮފީސް / ކުލަބް/ ޖަމުޢިއްޔާ/ ޖަމާޢަތްތަކުގެ ބައި
  4. އަމިއްލަފަރާތްތަކުގެ ބައި

 

1-      އަލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީގެ ވާދައިގެ ތަށްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 36ވަނަ ޤައުމީ މުބާރާތް

         

މި މުބާރާތުގައި މަޒުމޫނު ލިޔާނީ މި އެކެޑަމީން ކަނޑައަޅައިފައިވާ ދާއިރާތަކުގެ ތެރެއިން ކޮންމެވެސް އެއް ދާއިރާއަކަށެވެ. އަދި މަޒުމޫނު ލިޔާނީ ލިޔުންތެރިކަމުގެ ތެރޭގައި ހިމެނޭ މަޒުމޫނު ލިޔުމުގެ އެކިއެކި ވައްތަރުތައް ކަމުގައިވާ ސިފަކުރާ މަޒުމޫނާއި އެއްކޮޅަށް ވާހަކަދައްކާ މަޒުމޫނާއި ދެކޮޅަށް ވާހަކަދައްކާ މަޒުމޫނާއި ދެކޭ ގޮތް ހާމަކުރާ މަޒުމޫނު، މި ވައްތަރުތަކަށެވެ. އެ ބައިވެރިއަކު ބޭނުން މައުޟޫޢެއްގެ މައްޗަށެވެ.

އެ ދާއިރާތަކަކީ:

ދަށު ސާނަވީ ގިންތި

1-   ބަހާއި އަދަބިއްޔާތު

2-  ސައިންސާއި ޓެކްނޮލޮޖީ

3-   ތާރީޚާއި ސަގާފަތް

4-   ކޮވިޑް-19

  

ސާނަވީ ގިންތި

1-   ބަހާއި އަދަބިއްޔާތު

2-   ތާރީޚާއި ސަގާފަތް

3-  ސައިންސާއި ޓެކްނޮލޮޖީ

4-   ކޮވިޑް-19

 

މަތީ ސާނަވީ ގިންތި

1-   ބަހާއި އަދަބިއްޔާތު

2-   ކޮވިޑް-19

3-   ތާރީޚާއި ސަގާފަތް

4-   އިޤްތިޞާދާއި ވިޔަފާރި 

 

އަމިއްލަފަރާތްތަކުގެ ބައި

18 އަހަރުން ދަށުގެ އުމުރުފުރާ

1-  މިނިވަންކަމާއި ޤައުމިއްޔަތު

2-  އިޤްތިޞާދާއި ވިޔަފާރި

3-   ބަހާއި އަދަބިއްޔާތު

4-   ކޮވިޑް-19

 

18 އަހަރުން މަތީގެ އުމުރުފުރާ

1-   މިނިވަންކަމާއި ޤައުމިއްޔަތު

2-  އިޤްތިޞާދާއި ވިޔަފާރި

3-   ކޮވިޑް-19

4-  ބަހާއި އަދަބިއްޔާތު

 

މަތީ ތަޢުލީމުގެ ބައި

1-  މިނިވަންކަމާއި ޤައުމިއްޔަތު

2-  އިޤްތިޞާދާއި ވިޔަފާރި

3-   ކޮވިޑް-19

4-  ބަހާއި އަދަބިއްޔާތު

 

އޮފީސް/ ކުލަބު/ ޖަމުޢިއްޔާ/ ޖަމާޢަތްތަކުގެ ބައި

1-  މިނިވަންކަމާއި ޤައުމިއްޔަތު

2-  އިޤްތިޞާދާއި ވިޔަފާރި

3-  ކޮވިޑް-19

4-  ބަހާއި އަދަބިއްޔާތު

(1) މަޒުމޫނު ލިޔުމުގެ މުބާރާތުގައި އިސްކޫލުތަކުގެ ދަރިވަރުންނަށް ބައިވެރިވެވޭނީ 3 ގިންތިއަށެވެ. އެއީ:

(ހ) ދަށު ސާނަވީ ގިންތި

(ށ) ސާނަވީ ގިންތި

(ނ) މަތީ ސާނަވީ ގިންތި

 

(2) މަޒުމޫނު ލިޔުމުގެ މުބާރާތުގައި އަމިއްލަ ފަރާތްތަކަށް ބައިވެރިވެވޭނީ 2 އުމުރުފުރައެއްގައެވެ. އެއީ:

(ހ) 18 އަހަރުން ދަށުގެ އުމުރުފުރާ

(ށ) 18 އަހަރުން މަތީގެ އުމުރުފުރާ

 

2- އައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ވާދައިގެ ތަށްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 32ވަނަ ޤައުމީ މުބާރާތް

 

       ވާހަކަ ލިޔާނީ އެ ބައިވެރިއަކު އިޚްތިޔާރުކުރާ ހާދިސާއެއްގެ މައްޗަށެވެ. ވާހަކައަށް ނަމެއް ދޭންވާނެއެވެ.

 

(1) ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި އިސްކޫލުތަކުގެ ދަރިވަރުންނަށް ބައިވެރިވެވޭނީ 3 ގިންތިއެއްގައެވެ. އެއީ:

           (ހ) ދަށުސާނަވީ ގިންތި

           (ށ) ސާނަވީ ގިންތި

           (ނ) މަތީސާނަވީ ގިންތި

 

(2) ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި އަމިއްލަ ފަރާތްތަކަށް ބައިވެރިވެވޭނީ 2 އުމުރުފުރައެއްގައެވެ. އެއީ:

(ހ) 18 އަހަރުން ދަށުގެ އުމުރުފުރާ

(ށ) 18 އަހަރުން މަތީގެ އުމުރުފުރާ

 

މި ދެ މުބާރާތުގައި ބައިވެރިވުން 

 

(1)    މި ދެ މުބާރާތުން ކުރެ ކޮންމެ މުބާރާތެއްގައި ވެސް އިސްކޫލުތަކުގެ ބައިގައި ބައިވެރިވެވޭނީ ކޮންމެ އުމުރުފުރައެއްގައި 7 ދަރިވަރުންނަށެވެ. މަދުވެގެން 5 ދަރިވަރުން ބައިވެރިވާންވާނެއެވެ.

 

(2) ކޮލެޖް/ ޔުނިވަރސިޓީތަކާއި، ކުލަބް/ ޖަމުޢިއްޔާ/ ޖަމާޢަތްތަކާއި ކުންފުނިތަކާއި އޮފީސްތަކުން މި ދެ މުބާރާތުން ކުރެ ކޮންމެ މުބާރާތެއްގައި ވެސް ބައިވެރިވެވޭނީ 5 ބައިވެރިންނަށެވެ. މަދުވެގެން 3 ބައިވެރިން، ބައިވެރިވާންވާނެއެވެ.   

      (3) މި މުބާރާތްތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މުބާރާތްތަކުގައި ބައިވެރިވާން އެދޭ ގޫގުލް ފޯމު ފުރިހަމަ ކުރުމަށް ފަހު ފޯމާ އެކު ވާހަކައާއި މަޒުމޫނު ހުށައަޅަން ވާނެއެވެ. ފޯމު ހުށައަޅާ އިރު މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ޕާސްޕޯޓުގެ ނުވަތަ ޑްރައިވިންގ ލައިސަންސުގެ ނަކަލު ހުށަހަޅަން ވާނެއެވެ.

 

      (4) މި މުބާރާތްތަކުގައި ބައިވެރިވާން އެދޭ ފޯމާއި ވާހަކައާއި މަޒުމޫނު ހުށައަޅާނެ ގޮތް

(ހ) މަޒުމޫނު ހުށަހަޅާނީ މި ފޯމު http://bit.ly/mazumoon މެދުވެރި ކޮށެވެ. އަދި ކުރުވާހަކަ ހުށަހަޅާނީ  މި ފޯމު http://bit.ly/kuruvaahaka މެދުވެރި ކޮށެވެ.

         

މުބާރާތަށް ތަކެތި ހުށަހެޅުމުގެ ސުންގަޑި

 

(1)     މަޒުމޫނު ލިޔުމުގެ ޤައުމީ މުބާރާތުގައި ބައިވެރިވާން އެދޭ ފޯމާއި ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2021 މޭ 6 ވާ ބުރާސްފަތި ދުވަހުގެ 13:30ގެ ކުރިންނެވެ.

(2)     ކުރުވާހަކަ ލިޔުމުގެ ޤައުމީ މުބާރާތުގައި ބައިވެރިވާން އެދޭ ފޯމާއި ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2021 މޭ 9 ވާ އާދިއްތަ ދުވަހުގެ 13:30ގެ ކުރިންނެވެ.

 

      މި މުބާރާތާ ގުޅޭ އެހެނިހެން ލިޔެކިޔުންތައް މި އެކެޑަމީގެ ކައުންޓަރުންނާއި ވެބްސައިޓުން (www.dhivehiacademy.edu.mv) މިހާރު ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ބޭނުން ނަމަ މި އެކެޑަމީގެ ނަންބަރު 7986230 ފޯނާ ގުޅުން އެދެމެވެ.

01 އޭޕްރިލް 2021