ދިވެހިރާއްޖެ
މި ކައުންސިލުގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިޔުމަށް ކުރެވުނު ނަންބަރ: IUL-219-CS/1/2021/8 (17 މާރިޗް 2021) ޢިއުލާނާއި ގުޅިގެން، އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ، އެތަކެތި ނީލަން ކިޔުމަށް އަލުން އިޢުލާނު ކުރީމެވެ.
ވީމާ، މިތަކެތި ބަލަން އެދޭ ފަރާތްތަކުން 2021 އޭޕްރީލް 14 ވަނަ ދުވަހުގެ 10:00 އަށް މިކައުންސިލަށް ވަޑައިގެންދެއްވުން އެދެމެވެ. އަދި 2021 އޭޕްރީލް 15 ވަނަ ދުވަހުގެ 10:00 އަށް ނީލަމުގައި ބައިވެރިވުމަށް މި ކައުންސިލަށް ވަޑައިގެންދެއްވުން އެދެމެވެ. އަދި މި ނީލަމުގައި ބައިވެރިވެލެއްވުމަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.
ނީލަންކިޔުމަށް ހަމަޖެހިފައިވަނީ ދުވަހު ނީލަމުގައެވެ.
މި އިޢުލާނާއެކު ނީލަމުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތާއި، ނީލަމުގައި ތަކެތި ވިއްކާލުމަށް ހަމަޖެހިފައިވާ އަގުގެ މަޢުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތު، މިކައުންސިލުގެ 3003995 ނަންބަރު ފޯނުން ލިބޭނެއެވެ.
19 ޝައުބާން 1442