ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)RDC-HRM-RDC-2021-60
ޕަބްލިޝްކުރި ތާރީޚް: 01 އޭޕްރިލް 2021
ޕަބްލިޝްކުރި ގަޑި: 16:23
ސުންގަޑި: 07 އޭޕްރިލް 2021 15:00
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު ( އދ.މާމިގިލި)

މިކޯޕަރޭޝަންގެ އދ.މާމިގިލި ޕްރޮޖެކްޓް ސައިޓަށް ތިރީގައި މިވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

 

މަޤާމް:

މެކޭނިކް

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް

ކްލެސިފިކޭޝަން / ރޭންކް:

އޮފިސަރ - ގްރޭޑް 1

މުސާރަ:

މަހަކު -/5500 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

- އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

- އެހެނިހެން އެލަވަންސް: -/2200ރ

 އިތުރުގަޑީގެ ފައިސާގެ ގޮތުގައި އަސާސީ މުސާރައިގެ 100 ޕަސެންޓް ލިބޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

 އދ.މާމިގިލި ޕްރޮޖެކްޓް ސައިޓް

ފެންވަރު ނުވަތަ ޝަރުތު:

- އިންޖީން ރިޕެއަރ އަދި މެއިންޓެނަންސް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ އޮނިގަނޑުގެ ލެވެލް 04 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން 02 އަހަރުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

އިންޖީން ރިޕެއަރ އަދި މެއިންޓެނަންސް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ އޮނިގަނޑުގެ ލެވެލް 03 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން 04 އަހަރުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

- މަޤާމުގެ މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން 10 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- އދ.މާމިގިލި ޕްރޮޖެކްޓް ސައިޓުގައި ބޭނުންކުރާ އެކި މެޝިނަރީތައް މަރާމާތުކޮށް ބެލެހެއްޓުން.

- އދ.މާމިގިލި ޕްރޮޖެކްޓް ސައިޓުގައި ގެންގުޅޭ އިކުއިޕްމަންޓްތަކާއި މެޝިންތަކުގައި ދިމާވާ މައްސަލަތައް ހައްލުކުރުން.

- އދ.މާމިގިލި ޕްރޮޖެކްޓް ސައިޓުގެ އެކި ސައިޓުތަކުގައި ހުރި މެޝިނަރީއާއި ވެހިކަލްތަކަށް ދިމާވާ މައްސަލަތައް އެސައިޓަކުން ޙައްލު ނުކުރެވޭ ޙާލަތެއްގައި އެސަޓުތަކަށް ގޮސް ހައްލުކުރުން.

- އދ.މާމިގިލި ޕްރޮޖެކްޓް ސައިޓުގައި އުޅަނދުފަހަރު އިންޖީން،ޖަނެރޭޓަރ އަދި ސިސްޓަމްތަކުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް ބޭނުންވާ ސްޕެއަރތައް އައިޑެންޓިފައި ކުރުމަށްފަހު އެތަކެތި ހޯދުން.

- އުޅަނދު ފަހަރު ޑެއިލީ ޗެކްކުރުމަށް ޗެކުކޮށް ފާހަނގަވާ މައްސަލަތައް ބަލައި ހައްލުކުރުން.

- މެއިންޓެނެންސް އެންޑް ރިޕެއަރ ޑިޕާޓްމަންޓުން އަންގާ، ޝެޑިއުލްކުރާ ޕްރިވެންޓިވް މެއިންޓެނަންސް ޝެޑިއުލާއި އެއްގޮތަށް ވެހިކަލްތަކާއި މެޝިންތައް ބެލެހެއްޓުން.

- އަދި މިނޫނަސް ސުޕަވައިޒަރުން ޙަވާލުކުރާ ކޯޕަރޭޝަންގެ އެންމެހާ މަސައްކަތް ފަރުވާތެރިކަމާއެކު ނިންމުން.

ސުންގަޑި:

-   މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަނަ ފޯމް ފުރިހަމަކުރުމަށްފަހު، 07 އެޕްރީލް 2021 ވާ ބުދަ  ދުވަހުގެ 15:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ނުވަތަ މިކޯޕަރޭޝަންގެ އދ.މާމިގިލި ޕްރޮޖެކްޓް އޮފީހަށް ނުވަތަ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް[email protected]  އަށް ފޮނުއްވުން އެދެމެވެ.

- ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ ވެބްސައިޓް  www.rdc.com.mv  އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑަ އަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. މީހާގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4. އަދާކޮށްފައިވާ ވަޒީފާ، ވަޒީފާގެ މުއްދަތު އަދި ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ލިޔުމެއް.
  5. ދޫކުރިފަހުން ތިންމަސްދުވަސް ހަމަނުވާ ޕޮލިސް ރިފޯޓް.
  6. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

އިންޓަވިއު:

- މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ  ފޯމުތައް ބާޠިލްކުރެވޭނެއެވެ.

- މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ، އޭޕްރިލް މަހުގެ ތާރީޚެއްގައެވެ.

އިތުރު މަޢުލޫމާތު: 

އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކޯޕަރޭޝަނުގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

19 ޝަޢުބާން 1442

01 އޭޕްރިލް  2021  

01 އޭޕްރިލް 2021