ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)343-AS/343/2021/23
ޕަބްލިޝްކުރި ތާރީޚް: 01 އޭޕްރިލް 2021
ޕަބްލިޝްކުރި ގަޑި: 14:15
ސުންގަޑި: 01 އޭޕްރިލް 2021 10:00
އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1442 ވަނަ އަހަރުގެ ރަމަޟާން އެލަވަންސް ދިނުމާއި ގުޅޭ

އިޢުލާން

 

 1442 ވަނަ އަހަރުގެ ރަމަޟާން އެލަވަންސް ދިނުމާއި ގުޅޭ

             އެމްޕްލޯއިމެންޓް އެކްޓް (2008/02) ގައި ވާގޮތުގެ މަތިން، އ.އ.ބޮޑުފޮޅުދޫގެ ، ވަޒީފާ އަދާކުރާ ކޮންމެ ރައްޔިތަކަށް 1442 (މިއަހަރުގެ) ރަމަޟާން މަސް ފެށުމުގެ ކުރިން، ރަމަޟާން އެލަވަންސް ގެ ގޮތުގައި -/3000 (ތިންހާސް ރުފިޔާ) ދެއްވުމަށް، އެންމެހާ މުއައްސަސާތަކާއި، އަމިއްލަ ވިޔަފާރިތަކާއި ކުންފުނިތައް ހިންގާ ފަރާތްތަކަށް ހަނދުމަފުޅުކޮށް އަރުވަމެވެ. އަދި ރަމަޟާން މަސް ފެށުނުއިރު، ރަމަޟާން އެލަވަންސްގެ ގޮތުގައި -/3000 ރުފިޔާ ނުލިބޭ، އ.އ.ބޮޑުފޮޅުދޫގެ އެއްވެސް ރައްޔިތަކު،ލޭބަރ ރިލޭޝަން އޮތޮރިޓީއަށް މައްސަލަ ހުށައެޅުމުގައި، އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ، މިކައުންސިލުން އެހީތެރިކަން ފޯރުކޮށްދޭނެ ވާހަކަ ދަންނަވަމެވެ.

             ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.  

             2021-04-01

01 އޭޕްރިލް 2021