މަސައްކަތް
ނަންބަރު: MGPL-I/PD/2021/06
ޕަބްލިޝްކުރި ތާރީޚް: 01 އޭޕްރިލް 2021
ޕަބްލިޝްކުރި ގަޑި: 14:08
ސުންގަޑި: 08 އޭޕްރިލް 2021 13:30
މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ިކުންފުނިން ކޯޕަރޭޓް އަދި ޑެލިވަރީ ސްޓަފުންގެ ސްޓާފް ޔުނީފޯމް އަމިއްލަ ތަކެތީގައި ފަހައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މިކުންފުނިން ކޯޕަރޭޓް އަދި ޑެލިވަރީ ސްޓަފުންގެ ސްޓާފް ޔުނީފޯމް އަމިއްލަ ތަކެތީގައި ފަހައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ  ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ތާވަލްއާއި އެއްގޮތްވާ ގޮތުގެމަތިން، ހާޟިރުވެ ވަޑައިގެން   މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

08 އޭޕްރީލް 2021 ވާ ބުރާސްފަތި ދުވަހު 13:30 އަށް ( އެސް.ޓީ.އޯ ޓްރޭޑްސެންޓާރ 1 ވަނަ ފަންގިފިލާ)

އަންދާސީ ހިސާބު ހުށަހެޅުމަށް

12 އޭޕްރީލް 2021 ވާ ހޯމަ ދުވަހު 13:30 (އެސް.ޓީ.އޯ ރޭޑްސެންޓާރ 1 ވަނަ ފަންގިފިލާ)

 

ނޯޓް:

  • އަގު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ މިކަމުގެ ތަޖުރިބާހުރި ފަރާތްތަކަށް އެކަންޏެވެ.
  • މަޢުލޫމާތު ފުރިހަމަނޫން ކޯޓޭޝަންތައް ބާތިލުކުރުމުގެ ފުރިހަމަ އިޙްތިޔާރު މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް އަށް ލިބިގެންވެއެވެ. އަދި ހަމައެއާއެކު މި ޢިއުލާން ކޮންމެ ވަގުތެއްގައިވެސް ބާތިލްކުރުމުގެ އިޙްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
  • އަގު: ކޯޓޭޝަންގައި ޖުމްލަ އަގާއި ޖީ.އެސް.ޓީ ވަކިން ބަޔާން ކުރަންވާނެއެވެ.
  • ސާމްފަލް: ޕްރޮޕޯސަލް އާއި އެކު ސާމްޕަލް ހުށަހަޅަންވާނެއެވެ.
  • ޓެންޑާ އާއި ގުޅޭ TOR  މި އިޢުލާންއާއި އެކު އެޓޭޗްކުރެވިފައިވާނެއެވެ.

މި ޢިއުލާނާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3335614 މެދުވެރިކޮށް ޕްރޮކިއުމަންޓް ޑިޕާރޓްމެންޓް އަށެވެ.

މައުލޫމާތު ސާފުކުރު މާއި އަގުހުށަހެޅުން އޮންނާނީ މޯލަޑިވްގޭސް ހެޑް އޮފީސް ( އެސް.ޓީ.އޯ ޓްރޭޑް ސެންޓާރ 1 ވަނަފަންގިފިލާ) ގަ އެވެ.

01 އޭޕްރީލް 2021،

އެސް.ޓީ.އޯ ޓްރޭޑް ސެންޓަރ،# 02-21  (2 ވަނަ ފަންގިފިލާ)

އޯކިޑް މަގު

މާފަންނު

މާލެ، ދިވެހިރާއްޖެ

ފޯން:3335614

01 އޭޕްރިލް 2021