ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)321/321/2021/57
ޕަބްލިޝްކުރި ތާރީޚް: 01 އޭޕްރިލް 2021
ޕަބްލިޝްކުރި ގަޑި: 13:56
ސުންގަޑި: 05 އޭޕްރިލް 2021 14:00
މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.ތުޅާދޫއިން ދޫކުރުމަށް ހަމަޖެހިފައިވާ 88 ގޯތީގެ ދާއިމީ ލިސްޓް އާންމުކޮށް ގުރުން ގޯތި ލިބޭކަމަށް ހޮވުނު 05 ފަރާތަކުން ގޯތި ދޫކޮށްލާފައިވާތީ، މި 05 ގޯތި ލިބޭ ފަރާތްތައް އަލުން ހޮވުމަށްޓަކައި ބައްވާ ގުރުނެގުމާއި ގުޅޭ

                                  ނަންބަރު:  321/321/2021/57(IUL)

                                 އިޢުލާން

ބ.ތުޅާދޫއިން ދޫކުރުމަށް ހަމަޖެހިފައިވާ 88 ގޯތީގެ ދާއިމީ ލިސްޓް އާންމުކޮށް ގުރުން ގޯތި ލިބޭކަމަށް ހޮވުނު 05 ފަރާތަކުން ގޯތި ދޫކޮށްލާފައިވާތީ، މި 05 ގޯތި ލިބޭ ފަރާތްތައް އަލުން ހޮވުމަށްޓަކައި ބައްވާ ގުރުނެގުން 2021 އެޕްރީލް 06 ވާ އަންގާރަ ދުވަހުގެ 10:30ގައި ތުޅާދޫ ކައުންސިލް އިދާރާގައި އޮންނާނެއެވެ.

މިގުރުގައި ބައިވެރިވެވޭނީ ބ.ތުޅާދޫން ދޫކުރުމަށް ހަމަޖެހިފައިވާ 88 ގޯއްޗަށް އެދި ފޯމް ހުށަހެޅީ ފަރާތްތަކުގެ ތެރެއިން 2021 މާރިޗު 12 ވީ ހުކުރު ދުވަހު ބޭއްވުނު ގުރުގައި ގޯތި ލިބުމަށް ހޮވިފައިނުވާ 10 ފަރާތުގެ މެދުގައެވެ. މި ފަރާތްތަކުގެ ލިސްޓް މިއިޢުލާނާއިއެކު އާންމުކުރެވިފައިވާނެއެވެ. އަދި މިގުރުނެގުމުގައި ޢަމަލުކުރާ އުޞޫލުވެސް މިއިޢުލާނާއިއެކު އާންމުކުރެވިފައިވާނެއެވެ. 

އަދި ދަންނަވަމެވެ. ފޯމް ހުށަހެޅުއްވި ފަރާތުން އެއްވެސް ސަބަބަކާއިހުރެ ގުރުނެގުމުގައި ބައިވެރިނުވެވޭނަމަ އެފަރާތެއްގެ ބަދަލުގައި ގުރުނެގުމުގައި ބައިވެރިވާނެ ފަރާތެއްގެ މަޢުލޫމާތު ( ނަމާއި، އެޑްރެސް،އައިޑީކާޑުނަންބަރ އަދި މޮބައިލް ނަންބަރ) ހިމެނޭގޮތަށް 2021 އެޕްރީލް 05 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން ތުޅާދޫ ކައުންސިލް އިދާރާއަށް ސިޓީއަކުން ހުށަހަޅަންވާނެއެވެ. ފޯމް ހުށަހެޅުއްވި ފަރާތުން ނުވަތަ އެފަރާތުގެ ބަދަލުގައި ގުރުނެގުމަށް ކަނޑައަޅާފައިވާ ފަރާތުންވެސް ގުރުނެގުމުގެ މަޖިލީހަށް ޙާޟިރުނުވެއްޖެނަމަ އެފަރާތުގެ ބަދަލުގައި ގުރުނަގާނީ ތުޅާދޫން ގޯތި ދޫކުރުމުގެ ވިލަރެސްކުރާ ކޮމިޓީއިން ކަނޑައަޅައި ފަރާތަކުންނެވެ.

                  މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

                     19 ޝަޢުބާން 1442

01 އޭޕްރިލް 2021