ޢާންމު މަޢުލޫމާތު
ނަންބަރު: (IUL) 164-ADMIN/1/2020/14
ޕަބްލިޝްކުރި ތާރީޚް: 01 އޭޕްރިލް 2021
ޕަބްލިޝްކުރި ގަޑި: 13:20
ސުންގަޑި: 15 މޭ 2021 14:00
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
ސިންގަލް ސައިން އޮން ސަރވިސް "އީ-ފާސް"، ޕްރައިވެޓް ސެކްޓަރގެ ދިވެހި ޑިޖިޓަލް ޚިދުމަތްތައް ލިބިގަތުމާއި ބެހޭ

އިޢުލާން

ދިވެހި އެޕްލިކޭޝަންތަކާއި އޮންލައިން ވިޔަފާރިތައް ތަރައްޤީވެ ފުޅާވަމުންދާއިރު، ޚިދުމަތް ދޭ ފަރާތްތަކާއި ޚިދުމަތް ހޯދާފަރާތްތަކަކީ ސައްޚަ ފަރާރްތަކެއް ކަށަވަރުކުރުމަކީ އޮންލައިން ވިޔަފާރިއަށް ރައްޔިތުންގެ އިތުބާރުލިބި އިތުރު އިޤްތިޞާދީ ހަރަކާތްތަކަށް މަގުފަހިވެގެންދާނެކަމެއްކަމަށް މި އިދާރާއިން ޤަބޫލުކުރަމެވެ.

މިކަންކަމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުގެ ޑިޖިޓަލް އެޕްލިކޭޝަންތަކާއި އޮންލައިން ޚިދުމަތްތަކުގައި ބޭނުންކުރުމަށް ތައްޔާރުކުރެވިފައިވާ ސިންގަލް ސައިން އޮން ސަރވިސް "އީ-ފާސް"، ޕްރައިވެޓް ސެކްޓަރގެ ދިވެހި ޑިޖިޓަލް ޚިދުމަތްތައް ލިބިގަތުމުގައި ބޭނުންކުރެވޭ ގޮތައް ހެދުމަށްޓަކައި، މިފަދަ ޑިޖިޓަލް ޚިދުމަތްތައް ޑިވެލޮޕްކުރާ ދިވެހިރާއްޖޭގެ ސޮފްޓްވެއަރ ޑިވެލޮޕަރުންނާއި ކުންފުނިތަކުން އީ-ފާސް ޚިދުމަތް ބޭނުންކުރުމަށްއެދި "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުމަށް ދައުވަތު އަރުވަމެވެ.

މި ހަރަކާތުގެ ބޭނުމަކީ، މި ޚިދުމަތް އާންމުކޮށް ހުޅުވާލުމުގެ ކުރިން، މިކަމަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ހޮވާލެވޭ ފަރާތްތަކާއި އެކު މި ނިޒާމު ހިންގުމުގެ "ބީޓާ" ޓެސްޓިންގްއެއް ހެދުމެވެ. ވީމާ މިކަމަށް ޝައުގުވެރިކަން ހުރިފަރާތްތަކުން  15 މެއި 2021 ގެ ނިޔަލަށް ރަޖިސްޓްރޭޝަން ފޯމް [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. ރެޖިސްޓްރޭޝަން ފޯމް މިއިދާރާގެ ވެބްސައިޓް

 www.ncit.gov.mv. އިން ލިބެން ހުންނާނެއެވެ

މިކަމާއި ގުޅޭ އިތުރު މައުލޫމާތު ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކާއި ފަހުގެ ތާރީޚެއްގައި ހިއްސާކުރެވޭނެއެވެ.

01 އޭޕްރިލް 2021