ދިވެހިރާއްޖެ
ނަމްބަރ: (IUL)239-PPRM/239/2021/1
އިޢުލާން
އަތޮޅުކައުންސިލް އިދާރާގެ "ހިޔާވަހި" ޕްރޮޖެކްޓްގެ ދަށުން އެކަމަޑޭޝަން ޢިމާރާތެއް އެޅުމުގެ ކުރެހުން ފަރުމާކުރުމާބެހޭ
މިއިދާރާގެ ހިޔާވަހި ޕްރޮޖެކްޓްގެ ދަށުން ތ.ވޭމަންޑޫގައި އެކަމަޑޭޝަން ޢިމާރާތެއް އެޅުމަށް ބޭނުންވާތީ، އެޢިމާރާތުގެ ކުރެހުންތައް މިއިދާރާއިންދޭ ކޮންސެޕްޓާއި އެއްގޮތަށް ފަރުމާކޮށް ބިލްސް އޮފް ކުއަންޓިޓީ ( ބީ.އޯ.ކިއު ) ހަދައިދިނުމާއި ޓެންޑަރ ޑޮކިއުމަންޓް ތައްޔާރުކޮށް ދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިއިދާރާއަށް ގުޅައިގެން ނުވަތަ ތިރީގައިވާ ގޫގުލް ލިންކް މެދުވެރިކޮށް 07 އޭޕްރީލް 2021 ދުވަހުގެ ނިޔަލަށް ރަޖިސްޓްރީވުން އެދެމެވެ. އަދި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް 08 އެޕްރީލް 2021 ވަނަ ދުވަހުގެ 11:00 ގައި މިއިދާރާގައި އޮންނާނެއެވެ.
ބީލަން ހުށަހެޅުން އޮންނާނީ 22 އޭޕްރީލް 2021 ވަނަ ދުވަހު 11:00 ގައި މިއިދާރާގައެވެ.
މިކަމާގުޅޭ އެއްވެސް އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، ތިރީގައިވާ އީމެއިލް މެދުވެރިކޮށް ނުވަތަ ފޯނު ނަމްބަރަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.
އީމެއިލް : [email protected]
ފޯން ނަމްބަރ : 6780711 / 7846025
ރަޖިސްޓްރޭޝަން ފޯމް : https://forms.gle/M6uEqZxQFd9CLnhG8
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
18 ޝައުބާން 1442
31 މާރިޗް 2021
ރިޟްވާން ޢަބްދުﷲ
ކައުންސިލްގެ ރައީސް