މަސައްކަތް
ނަންބަރު: (IUL)438-GCF/438/2021/105
ޕަބްލިޝްކުރި ތާރީޚް: 31 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 14:26
ސުންގަޑި: 12 އޭޕްރިލް 2021 10:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ފެން ހިންދާ ނިޒާމް ފަރުމާ ކުރުމުގެ މިންގަނޑު ކަނޑައެޅުމަށް ބޭނުންވާ ކޮންސަލްޓަންސީގެ ހިދުމަތް ހޯދުމާއި ބެހޭ

 

ޕްރޮޕޯސަލް ހުށައެޅުމުގެ ދަޢުވަތު

 

 

"ފެން ހިންދާ ނިޒާމް ފަރުމާ ކުރުމުގެ މިންގަނޑު ކަނޑައެޅުމަށް ބޭނުންވާ ކޮންސަލްޓަންސީގެ ހިދުމަތް ހޯދުމާއި ބެހޭ

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްއާއި ގްރީން ކްލައިމެޓް ފަންޑް ގުޅިގެން ހިންގާ 'ސަޕޯޓިންގ ވަލްނަރަބްލް ކޮމިއުނިޓީސް އިން މޯލްޑިވްސް ޓު މެނޭޖް ކްލައިމެޓް ޗޭންޖް އިންޑިއުސްޑް ވޯޓަރ ޝޯޓޭޖަސް' ޕްރޮޖެކްޓަށްފެން ހިންދާ ނިޒާމް ފަރުމާ ކުރުމުގެ މިންގަނޑު ކަނޑައެޅުމަށް ބޭނުންވާ ކޮންސަލްޓަންސީގެ ހިދުމަތް ބޭނުންވެގެން 10 މާރިޗް 2021 ގައި ކުރެވުނު އިޢުލާން ނަމްބަރ (IUL)438-GCF/438/2021/66 އަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ އެ އިއުލާން ބާތިލްކޮށް އަލުން އިއުލާންކުރަމެވެ.

 

ވީމާ، މަތީގައި ދަންނަވާފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން އަރުވަމެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ މައުލޫމާތު (ކުންފުނީ/ ބީލަން ހުށަހަޅާ ފަރާތުގެ ވަނަވަރު، ދާއިރާއިންކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ކުންފުނީގެ ފަރާތުން ޕްރޮޖެކްޓްގައި ބައިވެރިވާ ފަރާތްތަކުގެ އަދަދާއި ލިބިފައިވާ ތައުލީމީ ފެންވަރު އަދި އެހެނިހެން މައުލޫމާތު) ހުށަހަޅަންވާނެއެވެ.

މި މަސައްކަތުގެ "ރިކުއެސްޓް ފޯ ޕްރޮޕޯސަލް" އަދި "ޓާރމްސް އޮފް ރިފަރެންސް" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެއްއުރަކޮށްފައި ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.

ބިޑް ރަޖިސްޓްރީ ކުރުން

ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި ރަޖިސްޓަރ ކުރަންވާނެއެވެ. ރަޖިސްޓަރީ ކުރައްވާނީ 'ބިޑަރޒް ރެޖިސްޓަރޭސަން ފޯމް' [email protected] އަށް އީ-މެއިލް ކުރައްވައިގެނެވެ. މިފޯމް މިގެޒެޓް އިޢުލާނާ އެއްކަރުދާސް ކުރެވި އަދި މިނިސްޓަރީގެ ވެބްސައިޓުން ވެސް އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ރަޖިސްޓްރޭޝަން ކުރިއަށް ދާނީ ގެޒެޓް ކުރެވޭ ދުވަހުން ފެށިގެން 06 އޭޕްރިލް 2021 ވާ ދުވަހުގެ ހެނދުނު 12:00 އާއި ހަމައަށެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

މަސައްކަތުގެ މުއްދަތު:

- މި މަސައްކަތުގެ މުއްދަތު ކަނޑައެޅިފައިވަނީ 4 މަސް ދުވަހުގެ މައްޗަށް ބަހާލެވިގެންނެވެ. މިކަމާބެހޭ އިތުރު މައުލޫމާތު ޓަރމްސް އޮފް ރިފަރެންސްގައި ބަޔާންކުރެވިފައި ވާނެއެވެ. 

އަގު

މި މަޤާމަށް ހޮވޭ ފަރާތަށް ކޮންސަލްޓަންސީ ފީއެއްގެ ގޮތުގައި އެފަރާތަކުން ހުށަހަޅުއްވާ ފައިނޭންޝަލް ޕްރޮޕޯސަލް އަދި ޝެޑިއުލްއާ އެއްގޮތަށް ރުފިޔާގެ އުޖޫރައެއް ދިނުމަށް ވަނީ ކަނޑައެޅިފައެވެ.

ހުށަހަޅަށްޖެހޭ ލިޔުންތައް

  • މަސައްކަތަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓްރެސްޓް)
  • މަސައްކަތަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު (ދެވިފައިވާ ފޯމެޓާ އެއްގޮތަށް)
  • މަސައްކަތަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ޕާސްޕޯޓުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެޓެސްކުރެވިފައިވާ ކޮޕީ
  • "ޓަރމްސް އޮފް ރިފެރެންސް" ގައި ވާގޮތަށް ފުރިހަމަކޮށްފައިވާ 'ފައިނޭންޝަލް ޕްރްޕޯސަލް" ފޯމް
  • މަސައްކަތް ނިންމިކަމުގެ ލިޔުންތައް

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 12 އޭޕްރިލް 2021 ވާ ދުވަހު 10:00 ގައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު، "ރިކުއެސްޓް ފޯ ޕްރޮޕޯސަލް" ގައި ވާގޮތައް ބީލަން ހުށަހަޅާ އެޑްރެސް ލިޔެވި އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ 'ބިޑް ވެލިޑިޓީ' މުއްދަތެއްގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.  މިބީލަމުގައި 'އިލެކްޓްރޯނިކް ސަބްމިޝަން' ބަލައެއް ނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 06 އޭޕްރިލް 2021ވާ ދުވަހު 14:00 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް:

ޖީ.ސީ.އެފް ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓް،

ވޯޓަރ އެންޑް ސެނިޓޭޝަން ޑިޕާޓްމަންޓް،

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް

މާފަންނު، މާލެ، 20392 ދިވެހިރާއްޖެ.

ފޯން: +(960) 301 8395

ވެބްސައިޓް: http://www.environment.gov.mv

  އީ-މެއިލް [email protected]

އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުވަންޖެހޭ އެޑްރެސް:

ޕްރޮޖެކްޓް މެނޭޖަރ

ޖީ.ސީ.އެފް ޕްރޮގްރާމް މެނޭޖްމަންޓް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް  

ހަނދުވަރީ ހިނގުން،މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

މާފަންނު، ހަނދުވަރީ ހިނގުން

ފޯނު ނަންބަރު: 3018395

އެކްސްޕްރެޝަން އޮފް އިންޓަރަސްޓް ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސީޓީ އުރައެއްގައެވެ.

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

(މަޝްރޫޢު ނަން)

އިޢުލާނު ނަންބަރު: 

 ނޯޓް:

މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްއަށް ލިބިގެންވެއެވެ.

31 މާރިޗް 2021

 

 

 

31 މާރިޗު 2021