ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)133-AS/133/2021/6
ޕަބްލިޝްކުރި ތާރީޚް: 31 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 14:10
ސުންގަޑި: 15 އޭޕްރިލް 2021 00:00
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން
ދިވެހިރާއްޖެ
ހިއުމަން ރިސޯސް މެނޭޖްމަންޓް ސޮފްޓްވެއަރއެއް ހޯދުމަށް

މި ޑިޕާޓްމަންޓުންދޭ މައުލޫމާތާއި އެއްގޮތަށް މިޑިޕާޓްމަންޓަށް ހިއުމަން ރިސޯސް މެނޭޖްމަންޓް ސޮފްޓްވެއަރއެއް ހޯދަން ބޭނުން ވެއްޖެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

           ބީލަމާއި ގުޅޭގޮތުން ދެވޭ މައުލޫމާތު މިއިއުލާނާއި އެކު އެޓޭޗްކުރެވިފައި ވާނެއެވެ. އަދި އިއުލާނާ ގުޅޭގޮތުން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 6 އޭޕްރިލް 2021 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00ގެ ކުރިން [email protected]  އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ.

           ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 12 އޭޕްރިލް 2021 ވާ ހޯމަ ދުވަހުގެ 11:00 ގައި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގައި މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީހުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.

 

           ބީލަން ހުޅުވުމަށް ހަމަޖެހިފައިވާ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހަމަޖައްސަވައިފިނަމަ، ބީލަން ހުޅުވާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 11:00 ގައި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގައެވެ.

 

           މި ދުވަސްވަރަކީ ކޮވިޑް-19ގެ ބަލިމަޑުކަން ބާރުމިނުގައި ފެތުރެމުންދާ ދުވަސްވަރެއްކަމުން ބީލަން ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން ދެއްވާފައިވާ އިރުޝާދާއި އެއްގޮތްވާ ގޮތަށް ޢަމަލު ކުރުމަށް ދަންނަވަމެވެ.

31 މާރިޗު 2021