ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)225-ID/225/2021/7
ޕަބްލިޝްކުރި ތާރީޚް: 31 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 12:51
ސުންގަޑި: 11 އޭޕްރިލް 2021 00:00
ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިލަދުންމަތީ އުތުރުބުރީ އަތޮޅުކައުންސިލްގެ ޢިމާރާތަށް އިތުރުކުރާބައިގެ މަސައްކަތް

 މި ކައުންސިލަށް އަލަށް އިތުރުކުރާބައިގެ މަސައްކަތްކުރާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވެލައްވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. 

 

  1. މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާއިދު" ގައިވާ ގޮތުގެ މަތިން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
  2. މި މަސައްކަތާ ގުޅޭ އެންމެހައި ލިޔެކިޔުންތައް 2021 މާރިޗު 31 ވަނަ ދުވަހުން ފެށިގެން މި ކައުންސިލްގެ ވެބްސައިޓް www.halifatoll.gov.mv  އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި ބީލަމާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.  

   3. މިމަސައްކަތާ ގުޅިގެން ބާއްވާ ޕްރީބިޑް މީޓިންގ އޮންނާނީ 2021 އެޕްރީލް 4  ވާ އާދީއްތަ ދުވަހުގެ 13:00 ގައި އަތޮޅުކައުންސިލްގެ ކޮންފަރެންސް ހޯލްގައެވެ.

   4. މި ބީލަމާ ގުޅޭ އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 2021 އެޕްރީލް 6 ވާ އަންގާރަ 14:00ގެ ކުރިން މިކައުންސިލްގެ [email protected]  އަށެވެ.

   5.  ބީލަން ހުޅުވުން އޮންނާނީ  2021 އެޕްރީލް 11 ވާ އާދީއްތަ ދުވަހުގެ 13:00 ގައި ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާގައެވެ.

   6. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. ބީލަންތައް ހުންނަންވާނީ، ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށްދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

31 މާރިޗު 2021