ނީލަން
ނަންބަރު: (IUL)23-AP/23/2021/70
ޕަބްލިޝްކުރި ތާރީޚް: 30 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 09:34
ސުންގަޑި: 08 އޭޕްރިލް 2021 09:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ނީލަމާއިބެހޭ މަޢުލޫމާތު

އިޢުލާން              

ނީލަމާއިބެހޭ މަޢުލޫމާތު                                       

 

             މިއިދާރާގެ ބެލުމުގެދަށުގައިހުރި ތިރީގައި މިދަންނަވާ ތަކެތި ނީލަންކިޔަން ބޭނުންވެއެވެ. ނީލަންކިޔުން އޮންނާނީ 08 އޭޕްރިލް 2021 ވާ ބުރާސްފަތި ދުވަހު ހެނދުނު 10:00 ގައި ކުރީގެ ކުނިކޮށި (އެކުވެނި ދުވާ ޓްރެކް ކައިރީ) ގައެވެ. ނީލަންކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ ތަފްސީލް ތިރީގައި އެވަނީއެވެ.

ކޯޑް

މުދާ

ރޭޓް

އަދަދު

ނީލަންކިޔަން ފެށޭނެ އަގު

ނީލަމުގެ އަގަށް އިތުރުކުރެވޭނެ އެންމެ ކުޑަ އަގު

F001

ވެކްސިން ކެރިއާ

7.50ރ

18

135.00ރ

02.00ރ

F002

އޮފީސް ގޮނޑި

25.00ރ

24

600.00ރ

05.00ރ

F003

ބެންޗް ސެޓް

50.00ރ

08

400.00ރ

05.00ރ

F004

ހޮޅިބުރި ތަންމަތި

10.00ރ

27

270.00ރ

02.00ރ

F005

ބިއްލޫރި ގަނޑު

11.00ރ

17

187.00ރ

02.00ރ

F006

ސްޓީލް ކެބިނެޓްސް

20.00ރ

23

460.00ރ

05.00ރ

F007

މޮނީޓަރު

75.00ރ

15

1125.00ރ

05.00ރ

F008

ރެފްރިޖަރޭޓަރ

100.00ރ

06

600.00ރ

10.00ރ

F009

ސީ.ޕީ.ޔޫ

105.00ރ

11

1155.00ރ

10.00ރ

F010

ޓީވީ

50.00ރ

04

200.00ރ

10.00ރ

F011

ސްޓީލް ދޮރުފަތް

75.00ރ

04

300.00ރ

10.00ރ

F012

އެލުމިނިއަމް ދޮރު

50.00ރ

03

150.00ރ

05.00ރ

 

ނީލަންކިޔުމުގެ އުސޫލު

v    ނީލަން ކިޔާ ތަކެތި ބައިބަޔަށް (ލޮޓު) ބެހުމަށްފަހު، ކޮންމެ ލޮޓަކަށް ނީލަން ނަންބަރެއް ދެވިފައި ހުންނާނެއެވެ. އަދި ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް، ނީލަން ނަންބަރު ފެންނާނެހެން، ކޮންމެ ލޮޓެއްގައި ހުންނާނެއެވެ.

v    ނީލަމެއް ކުރިއަށް ގެންދާނީ މަދުވެގެން 3 ބައިވެރިންގެ ހާޒިރުގައެވެ. ނަމަވެސް ތިން ބައިވެރިން ހަމަ ނުވާނަމަ، ދެވަނަ ފަހަރަށް އިޢުލާނުކޮށް، 2 ނުވަތަ 1 ބައިވެރިންގެ ހާޒިރުގައި، ކަނޑައަޅާފައިވާ ގަޑީގައި ނީލަން ކުރިއަށް ގެންދެވޭނެއެވެ.

v    ނީލަމުގައި ހުށަހަޅާ އަގުތައް، ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް ހިނދުން ހިނދަށް އެންގޭނެއެވެ. ނީލަމުގެ ބައިވެރިޔަކު އަގެއް ހުށަހަޅައި، އެއަގަށްވުރެ މަތީއަގެއް ހުށަހެޅުމުގެ ފުރުސަތު 3 ފަހަރު ދިނުމުންވެސް، އިތުރު އަގެއް ނީލަމުގައި ބައިވެރިވެފައިވާ އެހެން ފަރާތަކުން ހުށަނާޅައިފިނަމަ، އެ އަގު ހުށަހެޅި ފަރާތުން އެ ނީލަން ކާމިޔާބު ކުރީކަމުގައި ނިންމޭނެއެވެ.

v    ނީލަން ނިމުނުގޮތް، ނީލަމުގައި ބައިވެރިވި ފަރާތްތަކުގެ ހާޒިރުގައި އިޢުލާނުކޮށް، ނީލަން ކާމިޔާބުކުރި ފަރާތަށް، "ނީލަން ކާމިޔާބުކުރިކަން އަންގާ ލިޔުން" ހަވާލުކުރެވޭނެއެވެ.

v    ނީލަން ކާމިޔާބުކުރި ފަރާތުން، ނީލަން ކާމިޔާބުކުރި އަގު، ނީލަން ނިމޭ ދުވަހުން ފެށިގެން، ސަރުކާރު ބަންދުނޫން 3 ދުވަހުގެ ތެރޭގައި މި މިނިސްޓްރީއަށް ދައްކައި ޚަލާޞްކުރަންވާނެއެވެ. އަދި ނީލަން ކާމިޔާބުކުރި ފަރާތަށް މުދާ ހަވާލުކުރެވޭނީ ނީލަމުގެ އަގު ދެއްކުމަށްފަހުގައެވެ. ނީލަން ކާމިޔާބުކުރި ފަރާތަށް އެ މުދަލުގެ މިލްކުވެރިކަން ބަދަލުވާނީ ނީލަމުގެ އަގު ދައްކައި ޚަލާޞްކުރުމުންނެވެ. ނީލަން ކާމިޔާބުކުރި ފަރާތުން އެ މުއްދަތުގެ ތެރޭގައި ފައިސާ ދައްކައި ޚަލާޞްނުކޮށްފިނަމަ، އެ މުދަލެއް އަލުން ނީލަންކިޔުމަށް އިއުލާނުކުރެވޭނެއެވެ.

30 މާރޗް 2021

30 މާރިޗު 2021