ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)10-E/10/2021/33
ޕަބްލިޝްކުރި ތާރީޚް: 30 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 08:10
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ކ. މާފުށީ ޖަލުގައި ޤާއިމުކޮށްފައިވާ "ސްޕެޝަލް މެނޭޖްމަންޓް ޔުނިޓު" ގެ ވިންގް 1 އަދި ވިންގް 2 އަކީ ރިމާންޑް ޖަލުތަކެއްކަމަށް ކަނޑައެޅުން

ކ. މާފުށީ ޖަލުގައި ޤާއިމުކޮށްފައިވާ "ސްޕެޝަލް މެނޭޖްމަންޓް ޔުނިޓު" ގެ ވިންގް 1 އަދި ވިންގް 2 އަކީ ރިމާންޑް ޖަލުތަކެއްކަމަށް، 02 ފެބުރުވަރީ 2021 ވަނަ ދުވަހު މިނިސްޓަރ އޮފް ހޯމްއެފެއާޒު ކަނޑައަޅުއްވާފައިވާތީ، މިކަން ޢާންމުކޮށް އެންގީމެވެ.

ކ. މާފުށީ ޖަލުގެ ސްޕެޝަލް މެނޭޖްމަންޓް ޔުނިޓުގެ ވިންގް 1 އަދި ވިންގް 2 ހިނގަމުންދާނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުންނެވެ.

30 މާރިޗު 2021