ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)RDC-HRM-RDC-2021-57
ޕަބްލިޝްކުރި ތާރީޚް: 29 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 16:56
ސުންގަޑި: 01 އޭޕްރިލް 2021 15:00
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (ބ.ކެންދޫ)

މިކޯޕަރޭޝަންގެ ބ.ކެންދޫ ޕްރޮޖެކްޓް ސައިޓަށް ތިރީގައިމިވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

 

 

މަޤާމް:

ހެވީ ވެހިކަލް އޮޕަރޭޓާރ

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް - 1 އަހަރު (ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރު ބެލުމަށްފަހު)

ކްލެސިފިކޭޝަން / ރޭންކް:

އޮފިސަރ - ގްރޭޑް 5

އަސާސީ މުސާރަ

މަހަކު -/6,500  ރުފިޔާ

އެހެނިހެން ޢިނާޔަތްތައް

- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

- އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

- އެހެނިހެން އެލަވަންސް: -/2600ރ

އިތުރުގަޑީގެ ފައިސާގެ ގޮތުގައި އަސާސީ މުސާރައިގެ 100 ޕަސެންޓް ލިބޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ބ.ކެންދޫ ޕްރޮޖެކްޓް ސައިޓް

ފެންވަރު ނުވަތަ ޝަރުތު:

- ދިވެހިރާއްޖޭގެ އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްގެ C0 ފާސް އޮތުން. ނުވަތަ،

- ފޯކް ލިފްޓް، ވީލް ލޯޑަރ، އެކްސްކަވޭޓަރ އަދި ޑަމްޕުލޮރީ ދުއްވުމުގެ ލައިސަންސް އޮތުން. ނުވަތަ

- ހެވީ ވެހިކަލް ދުއްވުމުގެ 03 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައި އޮތުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ސްޕަވައިޒަރ އަންގާ ގޮތުގެ މަތިން ހެވީ ވެހިކަލްތައް އޮޕަރޭޓް ކުރުމާއި ގުޅޭ އެންމެހާ މަސައްކަތްތައް ކުރުން

- ހެވީ ވެހިކަލްތަކުގެ ލޮގް ބެލެހެއްޓުން

-   ހެވީ ވެހިކަލް މެއިންޓެނަންސް އާއި ގުޅޭ މަޢުލޫމާތު އަންގަންޖެހޭ ފަރާތްތަކަށް އެންގުން

މަޤާމް:

މޭސަން

ބޭނުންވާ ޢަދަދު:

02 (ދޭއް)

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް (1 އަހަރު (ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރު ބެލުމަށްފަހު)

ކްލެސިފިކޭޝަން / ރޭންކް:

އެސިސްޓެންޓް އޮފިސަރ -ގްރޭޑް 3

މުސާރަ:

މަހަކު 4500/- ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

- އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

- އެހެނިހެން އެލަވަންސް: 1800/-ރ

އިތުރުގަޑީގެ ފައިސާގެ ގޮތުގައި އަސާސީ މުސާރައިގެ 100 ޕަސެންޓް ލިބޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ބ.ކެންދޫ ޕްރޮޖެކްޓް ސައިޓް

ފެންވަރު ނުވަތަ ޝަރުތު:

- އަސާސީ ތައުލީމް ލިބިފައިވުމާއެކު އިމާރާތް ކުރުމުގެ ދާއިރާއިން މަސައްކަތުގެ ތަޖުރިބާ އާއި ހުނަރު ލިބިފައިވުން.

މަސައްކަތް ކުރުމަށް ޝައުގުވެރިކަން ހުރުމާއެކު މަސައްކަތް ކުރެވޭ ސިއްޙަތެއްގައި ހުރުން.

- ގިނަ ވަގުތު މަސައްކަތް ކުރެވޭނެ މީހަކަށްވުން.

އެހެނިހެން ޝަރުތު:

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން.

- އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި ޤާބިލުކަން ހުރުން.

ގިނަވަގުތު މަސައްކަތް ކުރެވޭނެ މީހެއް ކަމުގައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ރާނައި ސިމެންތި ޖެހުން.

- ޕްރޮޖެކްޓްގެ ޝެޑިއުލް އާއި އެއްގޮތްވާގޮތުގެ މަތިން ސިމެންތީގެ އެންމެހާ މަސައްކަތް ކުރުން.

ޕްރޮޖެކެޓްގެ ސްޕަވައިޒަރު އަންގާ ޕްރޮޖެކްޓްގެ އެހެނިހެން މަސައްކަތް ކުރުން.

މަޤާމް:

ލޮރީ ޑްރައިވަރ

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް

ކްލެސިފިކޭޝަން / ރޭންކް:

އޮފިސަރ - ގްރޭޑް 1

މުސާރަ:

މަހަކު -/5500 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

- އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

- އެހެނިހެން އެލަވަންސް: -/2200ރ

އިތުރުގަޑީގެ ފައިސާގެ ގޮތުގައި އަސާސީ މުސާރައިގެ 100 ޕަސެންޓް ލިބޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ބ.ކެންދޫ ޕްރޮޖެކްޓް ސައިޓް

ފެންވަރު ނުވަތަ ޝަރުތު:

ދިވެހިރާއްޖޭގެ އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް C1 ނުވަތަ C2 ފާސް އޮތުން

އެހެނިހެން ޝަރުތު:

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން.

- އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި ޤާބިލުކަން ހުރުން.

- ގިނަވަގުތު މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

-ސްޕަވައިޒަރު އަންގާގޮތުގެ މަތިން ވެހިކަލްތައް އޮޕަރޭޓުކުރުމާއި ގުޅޭ އެންމެހާ މަސައްކަތްތައް ކުރުން.

- ވެހިކަލްތަކުގެ ލޮގް ބެލެހެއްޓުން.

- ވެހިކަލްގެ މެއިންޓެންނަސް އާއި ގުޅޭ މަޢުލޫމާތު އަންގަންޖެހޭ ފަރާތްތަކަށް އެންގުން.

މަޤާމް:

ސަޕޯޓް ސްޓާފް

ބޭނުންވާ ޢަދަދު:

10 (ދހައެއް)

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް

ކްލެސިފިކޭޝަން / ރޭންކް:

ސަޕޯރޓް ސްޓާފް - ގްރޭޑް 5

މުސާރަ:

3500.00 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

3500.00 ރުފިޔާ

އިތުރުގަޑީގެ ފައިސާގެ ގޮތުގައި އަސާސީ މުސާރައިގެ 100 ޕަސެންޓް ލިބޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ބ.ކެންދޫ ޕްރޮޖެކްޓް ސައިޓް

ފެންވަރު ނުވަތަ ޝަރުތު:

- ޞިއްޙަތު ރަނގަޅު ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ އަސާސީ ތަޢުލީމު ހުރި މީހަކު ކަމުގައިވުން.

އެހެނިހެން ޝަރުތު:

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން.

- އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި ޤާބިލުކަން ހުރުން.

- ގިނަވަގުތު މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

ޕްރޮޖެކްޓް ސައިޓްގައި ކުރަންޖެހޭ އެކިއެކި ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރުން.

މެޝިނަރީއާއި ޓޫލްސް ސާފުކުރުމުގެ މަސައްކަތް ކުރުން.

ޕްރޮޖެކްޓް ހިންގުމުގައި ތަންތަނަށް ފޮނުވަންޖެހޭ އެކިބާވަތުގެ ތަކެތި ވެހިކަލަށް އަރުވާ ބޭލުން.

މަސައްކަތްކުރާ ސަރަޙައްދު ސާފުކޮށް ބެލެހެއްޓުން.

- ޕްރޮޖެކްޓް ސްޕަވައިޒަރު ދައްކާ ތަފާތު އެކި ލޭބަރ މަސައްކަތްކުރުން.

މަޤާމް:

ޕްރޮޖެކްޓް އެސިސްޓަންޓް

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް - 1 އަހަރު (ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރު ބެލުމަށްފަހު)

ކްލެސިފިކޭޝަން / ރޭންކް:

އެސިސްޓެންޓް އޮފިސަރ - ގްރޭޑް 1

މުސާރަ:

މަހަކު -/4000  ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

- އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

- އެހެނިހެން އެލަވަންސް: -/1600ރ

އިތުރުގަޑީގެ ފައިސާގެ ގޮތުގައި އަސާސީ މުސާރައިގެ 100 ޕަސެންޓް ލިބޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ބ.ކެންދޫ ޕްރޮޖެކްޓް ސައިޓް

ފެންވަރު ނުވަތަ ޝަރުތު:

- ސެކަންޑްރީ ސެޓްފިކެޓް އިމްތިޙާނުގެ 02 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. އޭގެ އިތުރުން ދިވެހި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން، ނުވަތަ

 - ގްރޭޑް 10 ނިންމާފައި މަސައްކަތާ ގުޅޭ ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވުން. ނުވަތަ،

 - މަސައްކަތުގެ ދާއިރާއިން ސެޓްފިކެޓް ލެވެލް 1 ނުވަތަ 2 ގެ ސަނަދެއް ލިބިފައިވުން.

އެހެނިހެން ޝަރުތު:

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން.

- އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި ޤާބިލުކަން ހުރުން.

- ގިނަވަގުތު މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- މުވައްޒަފުންނާއި ގުޅުން ހުރި އެންމެހާ މަސައްކަތެއް ކުރުން.

 ޕްރޮޖެކްޓް ސައިޓު އޮފީހަށް ބޭނުންވާ ހުރިހާ އިދާރީ މަސައްކަތެއް ކުރުން

- ކުންފުނީގެ އެޑް އޮފީހަށް ފޮނުވާ ލިޔެކިޔުންތައް ތައްޔާރުކޮށް ފޮނުވުން (މެއިލްކުރުން)

ސުންގަޑި:

- މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 01 އޭޕްރިލް 2021 ވާ ބުރާސްފަތި  ދުވަހުގެ 15:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ނުވަތަ މިކޯޕަރޭޝަންގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް[email protected]  އަށް ފޮނުއްވުން އެދެމެވެ.

- ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ ވެބްސައިޓް  www.rdc.com.mv  އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ތައުލީމީ ނުވަތަ އެ މަޤާމަކާއި ގުޅޭ ލިޔުން ހުށަހަޅަން ޖެހޭ މަޤާމުތަކުގެ ލިޔުންތައް.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4. ވަޒީފާއެއް އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާގެ މުއްދަތު އަދި ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ލިޔުމެއް.
  5. ދޫކުރިފަހުން ތިން މަސްދުވަސް ހަމަނުވާ ޕޮލިސް ރިފޯޓް.

އިންޓަވިއު:

މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ، އޭޕްރިލް މަހުގެ ތާރީޚެއްގައެވެ.

އިތުރު މަޢުލޫމާތު: 

އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

16 ޝަޢުބާން 1442
29 މާރިޗު   2021
29 މާރިޗު 2021