ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)167-PR/167/2021/07
ޕަބްލިޝްކުރި ތާރީޚް: 29 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 16:37
ސުންގަޑި: 03 އޭޕްރިލް 2021 00:00
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
އައްސޭރި ޖަލުގެ ނަރުދަމާ ކ.ހިންމަފުށި ނަރުދަމާއަށް ގުޅާލުމަށް ބޭނުންވާ ތަކެތި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން:-

ސުރުޙީގައި ދަންނަވާފައިވާ މަސައްކަތް ކޮށްދިނުމަށް މި ސަރވިސްގެ ނަންބަރު:- (IUL)167-PR/167/2021/07 އިޢުލާނާއި ގުޅިގެން ބީލަން ހުށަހަޅާފައިވާ ފަރާތް ތަކުގެ ތެރެއިން، މި މަސައްކަތް ކުރުމަށް ތިރީގައި ދެންނެވިފައިވާ ފަރާތައް ހަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް މި ސަރވިސްގެ ބިޑް ކޮމެޓީގެ 07ވަނަ ޖަލްސާއިން ނިންމާފައިވާކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

އިޢުލާންކުރާ ތާރީހުން ފެށިގެން ސްޓޭންޑް- ސްޓިލް މުއްދަތު ގުނަން ފެށޭނެއެވެ. މި ސްޓޭންޑް- ސްޓިލް މުއްދަތު ތެރޭގައި،

  • ތިޔަ ފަރާތުން ހުށަހަޅާފައިވާ ބިޑުގެ އިވެލުއޭޝަން ކުރިއަށް ގެންގޮސްފައިވާ ގޮތުގެ ތަފްސީލަށް އެދެވި ދާނެއެވެ. އަދި،
  • މި ބީލަން، އެހެން ފަރާތާކާއި ޙަވާލުކުރުމާމެދު އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުންވާނަމަ، ޝަކުވާ ހުށަހެޅޭނެއެވެ.

މަތީގައި ދެންނެވުނު ކަންތައްތައް ކުރިއަށް ގެންދަންވާނީ ދައުލަތުގެ މާލިއްޔަތުގެ ޤަވައިދުގެ 10.53ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން 5 (ފަހެއް) ދުވަހުގެ ތެރޭގައެވެ.

  1. 1.     ބީލަން ޙަވާލުކޮށްފައިވާ ފަރާތް:-

ކުންފުނީގެ ނަން:-

ބްރިލިއަންޓް ކޮމްޕަނީ ޕވޓ ލޓޑ

ހުށަހަޅާފައިވާ އަގު:-

307,145.60 ރ

ހުށަހަޅާފައިވާ މުއްދަތު:-

03 ދުވަސް

  1. 2.     ބީލަން ހުށަހަޅާފައިވާ އެހެނިހެން ފަރާތްތައް:-

ކުންފުނީގެ ނަން:-

އެލްއެމްއޭ އިންވެސްޓްމަންޓް

ހުށަހަޅާފައިވާ އަގު:-

329,758.63 ރ

ހުށަހަޅާފައިވާ މުއްދަތު:-

01 ދުވަސް

ބީލަން ކާމިޔާބު ނުވި ސަބަބު:-

މި މަސައްކަތް ހަވާލު ކުރެވިފައިވަނީ އަންދާސީ ހިސާބު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އިވެލުއޭޝަންގައި ދެވަނައަށް ގޮސް އެންމެ ކުޑަ އަގު އަދި ގިނަ ތަޖުރިބާ ހުރި ފަރާތަށެވެ.

ކުންފުނީގެ ނަން:-

ބިޒްނެކްސް އިންވެސްޓްމަންޓް

ހުށަހަޅާފައިވާ އަގު:-

358,964.87 ރ

ހުށަހަޅާފައިވާ މުއްދަތު:-

02 ދުވަސް

ބީލަން ކާމިޔާބު ނުވި ސަބަބު:-

 މި މަސައްކަތް ހަވާލު ކުރެވިފައިވަނީ އަންދާސީ ހިސާބު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އިވެލުއޭޝަންގައި ދެވަނައަށް ގޮސް އެންމެ ކުޑަ އަގު އަދި ގިނަ ތަޖުރިބާ ހުރި ފަރާތަށެވެ.

 

ތިޔަ ފަރާތުން ހުށަހަޅާފައިވާ ބިޑުގެ އިވެލުއޭޝަން ކުރިއަށް ގެންގޮސްފައިވާ ގޮތުގެ ތަފްސީލް ނުވަތަ ބީލަމާއި ގުޅިގެން ޝަކުވާއެއް ހުށަހެޅުމަށް ކަނޑައެޅިފައިވާ އެންމެ ފަހު ތާރީހަކީ 03 އޭޕްރިލް 2021ވަނަ ދުވަހެވެ. މި ތާރީހައް ސްޓޭންޑް-ސްޓިލް މުއްދަތު ހަމަވާނެއެވެ. ޝަކުވާ ނުވަތަ އިވެލުއޭޝަންގެ ތަފްސީލް ހޯދުމަށް އެދޭއިރު، މަސައްކަތުގެ ނަން، ބީލަންވެރިޔާގެ ނަން، ގުޅޭނެ ފޯނު ނަންބަރު އިގޭނެހެން ތިރީގައިވާ އީ.މެއިލްއަށް، މި ސަރވިސްއަށް އެޑްރެސް ކުރުމަށްފަހު ހުށަހަޅަންވާނެއެވެ.

އީ.މެއިލް :-[email protected]

ސެކްޝަން :-Procurement section

ފޯން ނަންބަރު :-3026124 , 3026133

29 މާރިޗު 2021