މަސައްކަތް
ނަންބަރު: FSM-ADV/2021/012
ޕަބްލިޝްކުރި ތާރީޚް: 29 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 15:35
ސުންގަޑި:
05 އޭޕްރިލް 2021 12:00
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު
ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ތިލަފުށި ސައިޓްގައި ގާއިމްކުރެވޭ 5 ބުރީގެ ޕްރީ ފެބްރިކޭޓެޑް އެކޮމޮޑޭޝަން ބިލްޑިންގް އިމާރާތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ހުޅުވާލެވުނު ބީލަމަށް(Tender Ref: 04/2021) އެކަށީގެންވާ އަގުތަކެއް ނުލިބުމާއި، ހުށައަޅާފައިވާ ޕްރޮޕޯސަލްތަށް ޑިސްކޮލިފައި ވުމުގެ ސަބަބުން އެ އިއުލާން ބާތިލުކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ.
- ރެޖިސްޓްރޭޝަން: މިބީލަމުގައި ބައިވެރިވެއްލައްވަން ބޭނުންވާ ފަރާތްތަކުން، 5 އޭޕްރީލް 2021 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 12:00 ގެކުރިން، ތިރީގައިވާ މަޢުލޫމާތުތައް [email protected] އަށް މެއިލް ކުރައްވާ ރެޖިސްޓަރ ކުރެއްވުން އެދެމެވެ.
- ބީލަމަށް ރަޖިސްޓްރީ ކުރަށްވާ ފަރާތްތަކަށް ޓެންޑަރ ޑޮކިއުމަންޓްސް އީމެއިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
މެއިލްގައި ތިރީގައިވާ މަޢުލޫމާތުތައް ހިމަނަން ވާނެއެވެ.
- ކުންފުނި / ވިޔަފާރި ހުއްދައިގެ ނަން
- ގުޅޭނެ ނަންބަރު އަދި އީމެއިލް
- ކުންފުނި ތަމްސީލު ކުރާނެ ފަރާތް އަދި މަޤާމް
- ބީލަމުގެ އިޢުލާނު ނަންބަރު
ބިޑަށް ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކުގެ ބީލަންތައް ބާޠިލު ކުރެވޭނެއެވެ.
- ބީލަން ހުށަހެޅުމާ ބީލަން ހުޅުވުން: 18 އޭޕްރީލް 2021 ވާ އާދީއްތަ ދުވަހުގެ 10:00 ގައި އެފްއެސްއެމް ބިލްޑިންގުގެ 4 ވަނަ ފަންގިފިލާގައި، ނުވަތަ އީމެއިލްގެ ޒަރީޔާއިން ހުށައަޅުއްވާނަމަ މަތީގައި ދެންނެވިފައިވާ ވަގުތުގެ ކުރިން [email protected] އަށް އީމެއިލްކުރެއްވުން އެދެމެވެ.
މިބީލަމާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ 3331454، ނުވަތަ 3331457 ގުޅުއްވުން އެދެމެވެ.
29 މާރިޗު 2021