ދިވެހިރާއްޖެ
މިއިދާރާގެ ތިރީގައިމިދަންނަވާ މަސައްކަތް މައިގަނޑު ތަކެތި ދިނުމުން ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިކައުންސިލްގެ ނަންބަރ (IUL)235-CA/235/2021/2 ( 17 މާރިޗު 2021 ) އިޢުލާނުގައި ބައެއް މަޢުލޫމާތު އުނިކަމަށް ފެންނާތީވެ އެއިޢުލާނު ބާތިލްކޮށް އަލުން އިޢުލާނު ކުރީމެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވަން ބޭނުންވެލައްވާ ފަރާތްތަކުން 05 އޭޕްރީލް 2021 ވާ ހޯމަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 12 އޭޕްރީލް 2021 ވާ ހޯމަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން ދުރުވެދެއްވުން އެދެމެވެ.
- ކައުންސިލް އިދާރާގެ ފާޚާނާހޮޅި ނަރުދަމާއާއި، ގުޅުން
- ކައުންސިލްއިދާރާގެ އުތުރުފަރާތު ފުރާޅުގެ ދިޔަދޮވި، ނަލަފިލާ، ބަދަލުކުރުން
- ކައުންސިލް އިދާރާގެ އުތުރުފަރާތު ސީލިންގ، ހުޅަނގު ފަރާތުކޮޅުބިތު ސީލިންގު މަރާމާތުކުރުން
- ކައުންސިލް އިދާރާގެ ދެގުދަނުގެ ދޮރުފަތްޖަހައި ހަރުކުރުން
މަސައްކަތް ހަވާލުކުރާނެ ފަރާތެއްހޮވުމުގައި ބަލާނެ ކަންތައްތައް ތިރީގައި އެވަނީއެވެ.
1- އަގު %70 ( ހުށަހަޅާފައިވާ އަގުތަކަށްބަލާ އެންމެ ކުޑައަގެއް ހުށަހަޅާފައިވާ ފަރާތަކަށް 70 އިންސައްތައިން އެންމެ ގިނަ ޕޮއިންޓް ލިބޭގޮތަށް )
2- މަސައްކަތުގެ މުއްދަތު %20 ( ހުށަހަޅާ މުއްދަތުތަކަށްބަލާ މަސައްކަތް ނިންމުމަށް އެންމެ ކުރު މުއްދަތު ހުށަހަޅާފައިވާ ފަރާތަކަށް 20 އިންސައްތައިން އެންމެ ގިނަ ޕޮއިންޓް ލިބޭގޮތަށް )
3- ތަޖުރިބާ ( މަސައްކަތުގެ ތަޖުރިބާއަށް މާރކްސް ދެވޭނީ ވޭތުވެދިޔަ 03 އަހަރު ދުވަހުގެ ތެރޭގައި މިބާވަތުގެ މަސައްކަތެއް ކޮށްނިންމިކަން ކަށަވަރުކޮށްދޭ ކަމަށް މަސައްކަތް ހަވާލުކުރި ފަރާތުން ދީފައިވާ ލިޔުންތަކަށް ބަލައި ނިންމައިފައިވާ މަސައްކަތްތަކުގެ އަގުގެ ޖުމުލައަށް ބަލައިގެންނެވެ. މަސައްކަތްތަކުގެ އަގުގެ ޖުމުލަ އެންމެ މަތީ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް ލިބޭގޮތަށް )
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.