ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)318-AD/318/2021/16
ޕަބްލިޝްކުރި ތާރީޚް: 28 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 12:05
ސުންގަޑި: 19 އޭޕްރިލް 2021 13:00
މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިން ހޯދުން

މަލަންމަގުގެ އަތިރިކޮޅު ދެކުނު ފަޅީގައި ފެހި ކުލައިން ނަންބަރު ޖަހާފައިހުރި އަމިއްލަ މީސްމީހުންގެ ރުއްގަހުގައި ނަން އެޅުމަށްފަހު  ރުއްގަހުގެ ލިސްޓް 2021 އެޕްރީލް 20 ގެ ކުރިން މި އިދާރާއަށް ހުށައެޅުމަށް ދެންނެވީމެވެ.

އެއްވެސް ރުކެއް، ގަހެއްގައި އެހެން ފަރާތެއްގެ ނަމެއް ނަންބަރެއް ޖަހާފައި އޮތްކަމުގައި ވީނަމަވެސް އެނަމެއް، ނަންބަރެއް ކަނޑާ، ފޮހެ ނުހެދުމަށްވެސް  ދެންނެވީމެވެ.

28 މާރިޗު 2021