ދިވެހިރާއްޖެ
މޯލްޑިވްސް ޕޮލިޓެކްނިކް އަށް ޓުރެއިނިންގް ޕުރޮގްރާމް ހިންގުމަށް ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން 24 ފެބްރުއަރީ 2021 ގައި ކުރެވުނު އިޢުލާން ނަމްބަރ (IUL)213-PR/1/2021/16 އަށް ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކަށް ލިބިފައިވާ އަގުތައް އަންދާޒާކޮށްފައިވާ އަގުތަކަށް ވުރެ ބޮޑުކަމަށް ފެންނާތީ އެއިއުލާންއަށް ހުށަހަޅާފައިވާ ބިޑްތައް ބާތިލްކޮށްފައިވާކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ. އަދި ހަމަ އެހެންމެ، މޯލްޑިވްސް ޕޮލިޓެކްނިކް އަށް ޓުރެއިނިންގް އަށް ބޭނުންވާ އިކުއިޕްމެންޓްސް އަދި މެޝިނަރީ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް (IUL)213-PR/1/2021/25 މި ނަންބަރަށް އަލުން އިޢުލާން ކުރަމެވެ.
ޕްރީބިޑް ބައްދަލުވުން
މި އިޢުލާނާއި ގުޅިގެން ބާއްވާ ޕްރީބިޑް ބައްދަލުވުން އޮންނާނީ 06 އޭޕްރިލް 2021 ވާ އަންގާރަ ދުވަހުގެ 11:00 ގައި މޯލްޑިވްސް ޕޮލިޓެކްނިކްގައެވެ.
ބީލަން ހުށައެޅޭނީ ޤާނޫނު ނަމްބަރު: (2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަމްބަރު: (2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
ބީލަން ހުޅުވުން އަދި ބީލަން ވެލިޑިޓީ
ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 14 އޭޕްރިލް 2021 ވާ ބުދަ ދުވަހުގެ 11:00 ގައި މޯލްޑިވްސް ޕޮލިޓެކްނިކްގައި، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 30 ދުވަސް އޮންނަންވާނެއެވެ. އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 11:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
ބީލަން ހުށަހަޅުއްވާ އިރު ބިޑުގެ ސޮފްޓް ކޮޕީއެއް ހުށަހަޅުއްވަން ވާނެވެ. (ސީ.ޑީ/ޕެންޑުރައިވް.) އަދި ބީލަމުގެ ޖަދުވަލު 1ގައިވާ ހުރިހާ ލިޔުންތައް ފުރިހަމަ ކޮށް އަދި ޗެކްލިސްޓު ފުރިހަމަ ކުރަންވާނެވެ.
އިތުރު މަޢުލޫމާތު ސާފުކުރުން
މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 12 އޭޕްރިލް 2021 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ. ނުވަތަ 3305417 އާއި ގުޅުއްވުން އެދެމެވެ.
29 މާރިޗު 2021