ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)GS-10/INDIV/2021/6
ޕަބްލިޝްކުރި ތާރީޚް: 28 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 14:11
ސުންގަޑި: 11 އޭޕްރިލް 2021 14:00
އދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ޑިޖިޓަލް ޑުޕްލިކޭޓިން ޗާޕުކުރާ މެޝިނެއް ގަންނަން ބޭނުންވެއްޖެ

ޑިޖިޓަލް ޑުޕްލިކޭޓިން ޗާޕުކުރާ މެޝިނެއް ގަންނަން ބޭނުންވެއްޖެ.

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު:

  • މިމަރުކަޒުންދޭ ސްޕެސިފިކޭޝަންއާ އެއްގޮތަށް ޑިޖިޓަލް ޑުޕްލިކޭޓިންގ ޗާޕުކުރާމެޝިނެއް ގަންނަން ބޭނުންވެއްޖެއެވެ.  ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ އަދި މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  • ބީލަން ހުޅުވާލެވިފައިވަނީ ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކަށެވެ.
  • ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓުރީ ކުރެވިފައިވާ ތިރީގައި ބަޔާންކުރާ ފަރާތްތަކަށެވެ.

    I.   ދިވެހި ރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތައް.

    II.   ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ޕާޓްނަރޝިޕްތައް.

    III.   ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކޯޕަރޭޓިވް ސޮސައިޓީތައް.

    IV.  އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.

  • ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓުރީ ކުރެވިފައިވާ ތިރީގައި ބަޔާންކުރާ ފަރާތްތަކުގެ ތެރެއިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތައް.
  • މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 28 މާރިޗު 2021 އިން ފެށިގެން 8 އޭޕްރީލް އަށް ނަންނޯޓު ކުރެއްވުން އެދެމެވެ. ނަން ނޯޓް ކުރައްވަން ވަޑައިގަންނަވާއިރު ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީއެއް ގެންނަވަން ވާނެއެވެ. އީމެއިލް މެދުވެރިކޮށް ރެޖިސްޓްރީ ކުރައްވާ ފަރާތްތަކުންނާއި ފޯނުގެ ޒަރީޢާއިން ރަޖިސްޓްރީ ވާ ފަރާތްތަކުން ވިޔަފާރީގެ ރެޖިސްޓްރީ ނުވަތަ އޮތޮރައިޒް ޑިސްޓިރިބިޔުޓަރެއްނަމަ އެކަމުގެ ލިޔުން ތިރީގައި ބަޔާންކޮށްފައިވާ ސްކޫލުގެ މެއިލް އަށް މެއިލް ކުރައްވަން ވާނެއެވެ. ބީލަން ހުށައެޅުމުގެ ފުރުޞަތު ދެވޭނީ ރަޖިސްޓްރީވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ.
  • މިބީލަމާއި ގުޅޭ މަޢުލޫމާތު ހިމެނޭ ބީލަން ފޮތް މި އިޢުލާނާއެކު އެއްކަރުދާސް ކޮށްފައިވާނެއެވެ. ބީލަމާއި އެކު ހުށައަޅަން ޖެހޭ ލިޔެކިޔުމާއި ޕޮއިންޓް ލިބޭ އުޞޫލު ބީލަން ފޮތުގައި ހިމަނާފައިވާނެއެވެ.
  • ބީލަން ހުށައަޅާނީ ބަންދު ކޮށްފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި "ޑިޖިޓަލް ޑުޕްލިކޭޓިންގ ޗާޕުކުރާ މެޝިނެއް ފޯރުކޮށްދިނުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި ހުށައަޅާ ފަރާތުގެ ނަމާއި ފޯން ނަމްބަރ ލިޔެފައި އޮންނަންވާނެއެވެ. މެއިލްގެ ޒަރީޢާއިން ބީލަން ހުށައަޅާ ފަރާތްތަކުން ބީލަން މެއިލް ކުރައްވާނީ ތިރީގައިވާ ސްކޫލުގެ މެއިލް އެޑްރެހަށެވެ. ބީލަން އޮންނަންވާނީ pdf ކޮށްފައެވެ. ބީލަން ހުށައެޅުމުގެ އެންމެ ފަހު ތާރީޚަކީ  2021 އޭޕްރީލް 11 ވާ އާދިއްތަ ދުވަހުގެ 14:00 އެވެ.
  • އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

އދ. އަތޮޅު ތައުލީމީ މަރުކަޒު، އދ މަހިބަދޫ، ދިވެހިރާއްޖެ.  

ފޯން: 6680024

އީމެއިލް: [email protected] , [email protected]

28 މާރިޗު 2021