މަސައްކަތް
ނަންބަރު: AS-B/IU/2021/15
ޕަބްލިޝްކުރި ތާރީޚް: 28 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 09:25
ސުންގަޑި: 04 އޭޕްރިލް 2021 14:00
އަމީނިއްޔާ ސްކޫލް
ދިވެހިރާއްޖެ
ލިފްޓް މަރާމާތުކޮށް ބަލަހައްޓައި ދޭނެފަރާތެއް ހޯދުމަށް

2 ލިފްޓް ސާރވިސްކޮށް ބަލަހައްޓާއިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

  1.  މި ސްކޫލުގެ 2 ލިފްޓް ސާރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

2. މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. މިބީލަމަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

3. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2021 މާރިޗު 28 ން 2021 އެޕްރީލް 4 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

https://forms.gle/DMRVi4B2As7ApZKm9

4. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 އެޕްރީލް 5 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.

5. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2021 އެޕްރީލް 8  ވަނަ ދުވަހުގެ 11:00 ގައި އަމީނިއްޔާ ސުކޫލުގެ ހޯލުގައެވެ.

6. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް އަދި މެނޫ މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

އަމީނިއްޔާ ސްކޫލް

ޗާންދަނީމަގު، މާލެ، ދިވެހިރާއްޖެ

ފޯން: 3325762، 3323247

އީ-މެއިލް: [email protected]

 

28 މާރިޗު   2021

28 މާރިޗު 2021