މުބާރާތް
ނަންބަރު: (IUL)160-AS/1/2021/10
ޕަބްލިޝްކުރި ތާރީޚް: 25 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 15:45
ސުންގަޑި: 01 އޭޕްރިލް 2021 12:00
ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
އޯ.އައި.ސީ އާއި އައި.ސީ.ވައި.އެފް އަދި ބަނގުލަދޭޝް ސަރުކާރާއި ގުޅިގެން ބާއްވާ ވާޗުއަލް ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު

އޯ.އައި.ސީ އާއި އައި.ސީ.ވައި.އެފް އަދި ބަނގުލަދޭޝް ސަރުކާރާއި ގުޅިގެން ބާއްވާ  ވާޗުއަލް ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު

 

2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ން މެއި މަހުގެ 07 އަށް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) އިސްލާމިކް ކޯޕަރޭޝަން ޔޫތް ފޯރަމް (އައި.ސީ.ވައި.އެފް) އަދި ބަނގުލަދޭޝް ސަރުކާރާއި ގުޅިގެން ބާއްވާ ކީރިތި ޤުރުއާން ކިޔެވުމުގެ ވާރޗުއަލް މުބާރާތުގައި ބައިވެރި ވުމުގެ ދައުވަތު ވަނީ ރާއްޖެއަށް ލިބިފައެވެ. އަދި މި މުބާރާތުގައި ކޮންމެ ޤައުމަކުންވެސް ބައިވެރިވުމަށް ހަމަޖެހިފައިވަނީ އެންމެ ބައިވެރި އެކެވެ.

 

ބައިވެރިވުމުގެ ޝަރުޠު

1. ތަޖުވީދު ޙުކުމްތަކާއި އެއްގޮތަށް ފުރިހައަށް ޤުރުއާން ކިޔަވަން ދަންނަ މީހެއް ކަމުގައިވުން.

2. ޢުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ ފިރިހެނެއް ކަމުގައިވުން. 

3. އިނގިރޭސި، ޢަރަބި ނުވަތަ ބެންގާލި ބަހުން ވާހަކަ ދައްކަން ދަންނަ މީހަކު ކަމުގައިވުން.

4. ޑިޖިޓަލް ޓެކްނޮލޮޖީ އަށް ފަރިތަމީހަކު ކަމުގައިވުން.

 

މިމުބާރާތުގައި ރާއްޖެ ތަމްސީލުކުރާނެ ބައިވެރިއެއް ހޮވުމަށް ބޭނުންވާތީ މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކުން 2021 އޭޕަރީލް 01 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިކަމަށް އެދި ސިޓީއާއެކު އައިޑީ ކަޑުގެ ކޮޕީ، ޕާސްޕޯޓް ކޮޕީ، 1 ޕާސްޕޯޓް ސައިޒް ފޮޓޯ އަދި ވަނަވަރު ޤުރުއާނާބެހޭ ޤައުމީ މަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ.  މެއިލް ކުރައްވާނަމަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

މި މުބާރާތުގައި ބައިވެރިކުރާނެ ބައިވެރިއަކު ހޮވާނީ މިކަމަށް އެދި ހުށަހަޅާ ފަރާތްތަށް މި މަރުކަޒުން އިމްތިޙާނު ކުރުމަށްފަހުއެވެ.

25 މާރިޗު 2021