ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)471-CIDS1/471/2021/12
ޕަބްލިޝްކުރި ތާރީޚް: 25 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 14:57
ސުންގަޑި: 22 އޭޕްރިލް 2021 23:59
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ޢިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދުގެ ދަށުން ލުއިދިނުމަށް ކޮށްފައިވާ އިޢުލާން ނަންބަރު (IUL)471-CIDS1/471/2021/11 ހަވާލާދީ އިތުރަށް ލުއި ދިނުން

ޢިމާރާތްކުރުމުގެ ދާއިރާގައި  މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދުގެ ދަށުން ލުއިދިނުމަށް ކޮށްފައިވާ އިޢުލާން ނަންބަރު (IUL)471-CIDS1/471/2021/11 ހަވާލާދީ އިތުރަށް ލުއި ދިނުން

 

ގަވާއިދު ނަންބަރު  2019/R-1010 (ޢިމާރާތްކުރުމުގެ ދާއިރާގައި  މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދުގެ ދަށުން ލުއިތައް ދިނުމަށް ޢާންމުކޮށް އަންގާ ކޮށްފައިވާ އިޢުލާން ނަންބަރު (IUL)471-CIDS1/471/2021/11 ހަވާލާދީ ތިރީގައިވާ ލުއިތައް ދިނުމަށް ޢާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

- އާކިޓެކްޗުރަލް ޗެކަރ އަދި ސްޓްރަކްޗުރަލް ޗެކަރ ކެޓަގަރީތަކުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް އިތުރަށް ލުއިދިނުމުގެ ގޮތުން 22 ޖަނަވަރީ 2021 ގެ ފަހުން ރަޖިސްޓްރޭޝަން މުއްދަތު ހަމަވާ އާކިޓެކްޗުރަލް ޗެކަރ އަދި ސްޓްރަކްޗުރަލް ޗެކަރ ކެޓަގަރީތަކުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ރަޖިސްޓްރޭޝަން މުއްދަތު ހަމަވާ ތާރީޚް 22 އޭޕްރީލް 2021 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްދިނުން.

 

- މިފަރާތްތަކުގެ ހުއްދައިގެ މުއްދަތު އިތުރުކުރުމާގުޅިގެން މި ފަރާތްތަކުން ސޮއިކޮށްފައިވާ އަދި ސްޓޭމްޕް ޖަހާފައިވާ ކުރެހުންތަކާއި ލިޔެކިއުންތައް 22 އޭޕްރީލް 2021 ގެ ނިޔަލަށް ޞައްޙަ ލިޔެކިއުންތަކެއްގެ ގޮތުގައި ބެލުން.

 

މި ލުއިތައް ދެވޭނެ ޙާލަތްތަކާއި ރަޖިސްޓްރޭޝަން މުއްދަތާއި ގުޅޭ އިތުރު ތަފްޞީލު ޢިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދުގެ 1 ވަނަ އަދި 2 ވަނަ އިޞްލާޙު ގައި ބަޔާންކޮށްފައިވާނެ ވާހަކަވެސް ދަންނަވަމެވެ.

 

12 ޝަޢުބާން 1442 ހ.

25 މާރިޗު 2021 މ.

25 މާރިޗު 2021