ނީލަން
ނަންބަރު: (IUL)1-CSO(FM)/1/2021/34
ޕަބްލިޝްކުރި ތާރީޚް: 25 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 14:20
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
މި އޮފީހުގެ އުޅަނދެއް ސިޓީ ލާ ނީލަމުގައި ވިއްކާލުން

އިޢުލާނު

މި އޮފީހުގެ އުޅަނދެއް ސިޓީ ލާ ނީލަމުގައި ވިއްކާލުން

މި އޮފީހުގެ ރަޖިސްޓަރީ ނަންބަރު: C1A1297 ޕިކަޕް ސިޓީލާ ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ. ނީލަމުގައި ބައިވެރިވާ ފަރާތްތަކުން ކޮންމެ ދުވަހެއްގެ މެންދުރުފަހު 1:00 ގެ ކުރިން ޕިކަޕް ގަތުމަށް ބޭނުންވާ އަގު ހުށަހެޅުއްވުން އެދެމެވެ. ނީލަމަށް އަގު ހުށަހަޅާނީ ނީލަމަށް އަގު ހުށަހަޅާފޯމު ( NL04 ފޯމު ) ފުރިހަމަކޮށް ވަކި ސިޓީއުރައެއްގައި ބަންދުކޮށް، އެ ނީލަމަކަށް ކަނޑައަޅާފައިވާ ފޮށްޓަށް ލައިގެންނެވެ. ސިޓީއުރައިގެ ބޭރުގައި "ޕިކަޕް ނީލަމުގައި ބައިވެރިވުމަށް" މިހެން ލިޔަންވާނެއެވެ. ނީލަމަށް ސިޓީން އަގު ހުށަހަޅާ ފޯމު މި އިޢުލާނުގައި އެއްކަރުދާސް ކޮށްފައި އެވަނީއެވެ. އަދި މީގެ އިތުރުން، ނީލަމަށް ސިޓީން އަގު ހުށަހަޅާފޯމު މި އޮފީހުގެ ރިސެޕްޝަނުންވެސް ލިބެން ހުންނާނެއެވެ.

ކޮންމެ ދުވަހަކު މެންދުރުފަހު 1:00 އާ ހަމައަށް ހުށަހަޅާފައިވާ އެންމެ މަތީ އަގު އެ ދުވަހެއްގެ މެންދުރުފަހު 2:00 ގައި މި އޮފީހުގެ ރިހިޖެހިކޮށީގައި ހުންނަ ނޯޓިސްބޯޑުގައި ޢާންމު ކުރެވޭނެއެވެ. ނީލަމަށް ހުށަހަޅާފައިވާ އެންމެ މަތީ އަގު ޖެހިޖެހިގެން ރަސްމީ 2 ދުވަހު އެއް އަގެއްގައި އޮވެއްޖެނަމަ އެ އަގަކަށް ނީލަން ނިންމާލެވޭނެއެވެ.

ނީލަން ކާމިޔާބު ކުރާ ފަރާތަށް ނީލަން ކާމިޔާބުކުރިކަން އަންގާ ލިޔުން ލިބުމަށްފަހު، ރަސްމީ 5 ދުވަހުގެ ތެރޭގައި ފައިސާ ދައްކާފައި ނުވާނަމަ، އެ ފަރާތަކަށް ދޫކުރާ ނީލަން ކާމިޔާބުކުރި ކަމުގެ ލިޔުން ބާޠިލުކޮށް ދެވަނައަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތަށް، ނީލަން ކާމިޔާބުވެފައިވާކަން އަންގާ ލިޔުން ދޫކުރެވޭނެއެވެ. އަދި، ނީލަން ކާމިޔާބުކޮށް ފައިސާ ނުދައްކާ ފަރާތްތަކަށް މި އޮފީހުން ކިޔާ ނީލަންތަކުގައި 6 (ހައެއް) މަސްދުވަހުގެ މުއްދަތަށް ބައިވެރި ނުވެވޭނެއެވެ.

ސިޓީލާ ނީލަން ނަންބަރު: 2021/3

ރަޖިސްޓަރީ ނަންބަރު: C1A1297 ޕިކަޕް

ރަޖިސްޓަރީ ކުރި ތާރީޚް: 22 ޖުލައި 2003

ހަކަތައިގެ ބާވަތް: ޑީސަލް

އުފުލޭ ބަރުދަން: 1500 ކިލޯ

ނީލަން ފެށޭއަގު: 75000.00 (ހަތްދިހަފަސް ހާސް ރުފިޔާ)

ފަހަރަކު އިތުރު ކުރެވޭނެ އެންމެ ކުޑަ އަގު: 1000.00 (އެއް ހާސް ރުފިޔާ)

ނީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އުޅަނދު ބަލާލުމުގެ އިންތިޒާމް 2021 މާރިޗު 31 ވަނަ ދުވަހުން ފެށިގެން، ނީލަން ނިމެންދެން ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 10:00 ން މެންދުރުފަހު 2:00 އަށް އަމީނީމަގުގައި ހުންނަ މި އޮފީހުގެ ރިހިޖެހިކޮށީގައި ހަމަޖެހިފައިވާނެއެވެ. ނީލަމަށް އަގު ހުށަހަޅާފޯމު ލާ ފޮށި 1 އެޕްރީލު 2021 ން ފެށިގެން ނީލަން ނިމެންދެން މި އޮފީހުގެ ރިސެޕްޝަންގައި ބަހައްޓާފައި ހުންނާނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

12 ޝަޢުބާން 1442

25 މާރިޗު 2021