ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)438-HRU/438/2021/90
ޕަބްލިޝްކުރި ތާރީޚް: 25 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 12:05
ސުންގަޑި: 06 އޭޕްރިލް 2021 12:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ޕްރޮގްރާމް އޮފިސަރ

އިޢުލާނު

 

މަޤާމު:

ޕްރޮގްރާމް އޮފިސަރ 

މަޤާމުގެ ނަންބަރު:

J-329311

ބޭނުންވާ އަދަދު:

1 ( އެކެއް )

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް. އެސް 2

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް ސަރވިސް ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް

މުސާރަ:

-/6295 ރުފިޔާ

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ

އެހެނިހެން އެލަވަންސް:

  • ސްޕެޝަލް ޑިއުޓީ އެލަވަންސް:  މުސާރައިގެ %35  
  • ޓެކްނިކަލް ކޯ އެލަވަންސް: މުސާރައިގެ %28    

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ހަކަތައިގެ ދާއިރާގެ ތަފާތު ސިޔާސަތުތަކާއި ސްޓްރެޓަޖީތައް އެކުލަވާލުމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް މިފަދަ ސިޔާސަތުތައް އެކުލަވާލުމުގައި ލަފާ ދިނުން.
  2. އެނަރޖީ އެފިޝިއެންސީ އަދި ރިނިއުބަލް އެނަރޖީގެ ދާއިރާއިން ހިންގޭ ތަފާތު އެގްޒިބިޝަންތައް ބޭއްވުމަށް ހަދަންޖެހޭ ކޮންސެޕްޓް ޕޭޕަރުތައް ތައްޔާރުކުރުން.
  3. ރިނިއުބަލް އެނަރޖީގެ ދާއިރާއިން ޕްރޮޖެކްޓް އެކުލަވާލާ އެކި ފަރާތްތަކުން ފަންޑް ހޯދުމަށް ޕްރޮޕޯސަލް ތައްޔާރުކުރުމަށް އެހީތެރިވުން
  4. ހަކަތައިގެ ދާއިރާއާއި ގުޅޭ ތަފާތު ވާރކްޝޮޕްތަކުގައާއި ބޭރުގެ ފަރާތްތަކުން އިންތިޒާމްކޮށްގެން ހިންގާ އެކިއެކި ޕްރޮގްރާމްތަކުގައި ފުރުސަތު ލިބޭ ވަރަކުން ބައިވެރިވެ ބޭނުންވާ މެޓީރިއަލްސް ތައްޔާރުކޮށް ރާއްޖެ ތަމްސީލުކުރުން.
  5. ހަކަތައިގެ ދާއިރާއާއި ގުޅޭ ތަފާތު ވާރކްޝޮޕްތަކާއި ކޮންފަރެންސްތައް އިންތިޒާމްކުރުން.
  6. އެނަރޖީ ޑިޕާރޓްމަންޓްގެ ފަރާތުން ބާއްވާ ތަފާތު ކޮންފަރެންސްތަކަށް ތައްޔާރުކުރަންޖެހޭ މެޓީރިއަލްސް ތައްޔާރުކުރުން.
  7. ދުނިޔޭގެ ފެންވަރުގައި ހަކަތައިގެ ދާއިރާއިން ހޯދޭ އައު ހޯދުންތައް ދިރާސާކޮށް ރާއްޖެއަށް އެޕްލައިކުރެވޭ ކަންކަން ރާއްޖެއަށް ތަޢާރަފްކުރުމަށް ކުރާ މަސައްކަތްތަކުގައި އެހީތެރިވެދިނުން.
  8. ހަކަތައިގެ ދާއިރާއިން ރާއްޖެ ތަމްސީލުކުރާ ބޭރުގެ އެކިއެކި ޖަމާޢަތްތަކުން ހިންގާ އެކިއެކި މަޝްވަރާ ބައްދަލުވުންތަކުގައި ރާއްޖެ ތަމްސީލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އެހީތެރިވުން.
  9. ޑިޕާރޓްމަންޓުން އިންތިޒާމްކޮށްގެން ހިންގާ ހުރިހާ ހަރަކާތްތަކެއްގައި އަދި ޑިޕާރޓްމަންޓުން ކުރަންޖެހޭ ބޮޑެތި އަދި ކުއްލި މަސައްކަތްތަކުގައި ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދީ ބައިވެރިވުން.
  10. ހަކަތައިގެ ދާއިރާއާއި ގުޅޭގޮތުން މިނިސްޓްރީގެ ފަރާތުންނާއި އެހެނިހެން އިދާރާތަކުން އިންތިޒާމްކޮށްގެން ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވެ މަޢުލޫމަތު ދިނުން.
  11. ހަކަތައިގެ ދާއިރާއިން މަޢުލޫމަތު ހޯދަން ރާއްޖެއިންނާއި ރާއްޖޭން ބޭރުން އަންނަ ފަރާތްތަކާއި ބައްދަލުކޮށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުން.
  12. ދުނިޔޭގެ ފެންވަރުގައި އިއާދަކުރަނިވި ހަކަތަ އުފެއްދުމުގައި ބަޔޯމާސް ބޭނުންކޮށްގެން ހޯދޭ އައު ހޯދުންތައް ދިރާސާކޮށް ރާއްޖެއަށް އެޕްލައިކުރެވޭ ކަންކަން ރާއްޖެއަށް ތަޢާރަފްކުރުމަށް ކުރާ މަސައްކަތްތަކުގައި އެހީތެރިވެދިނުން.
  13. ރާއްޖޭގައި ހަކަތަ އުފެއްދުމުގައި ބޭނުންކުރާ ވަސީލަތްތަކުން ބޭރުވާ ވިހަ ކެމިކަލްތަކާ ގުޅޭ މައުލޫމާތު ދިރާސާކޮށް ރާއްޖެއަށް އެންމެ އެކަށީގެންވާ ވަސީލަތްތައް ދެނެގަތުމުގައި ކުރާ މަސައްކަތްތަކަށް ޓެކްނިކަލް ލަފާ ދިނުން.
  14. ހަކަތައިގެ ދާއިރާއިން މަޢުލޫމަތު ހޯދަން ރާއްޖެއިންނާއި ރާއްޖޭން ބޭރުން އަންނަ ފަރާތްތަކާއި ބައްދަލުކޮށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުން.
  15. ރިނިއުބަލް އެނަރޖީގެ ދާއިރާއިން ޕްރޮޖެކްޓް އެކުލަވާލާ އެކި ފަރާތްތަކުން ފަންޑް ހޯދުމަށް ޕްރޮޕޯސަލް ތައްޔާރުކުރުން.
  16. އިއާދަކުރަނިވި ހަކަތައިގެ ވަސީލަތެއްކަމުގައިވާ ބަޔޯމާސް އިން ހަކަތަ އުފެއްދުމަށް ހަދަންޖެހޭ ކެމިކަލް ކޮމްޕޮޒިޝަން ހެދުން.

މަޤާމުގެ ޝަރުޠުތައް:

  1. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ތަޢުލީމީ ރޮނގުތައް:

  • އެޓްމޮސްފެރިކް ކެމިސްޓްރީ، އެޓްމޮސްފެރިކް ސައިންސް، ބަޔޯ ޑައިވާސިޓީ، ކެމިކަލް އިންޖިނިއަރިންގ، ކެމިސްޓްރީ، ސިވިލް އިންޖިނިއަރިންގ، ކޯސްޓަލް ޒޯން މެނޭޖްމަންޓް، އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް، އިލެކްޓްރޯނިކްސް ޓެކްނޮލޮޖީ، އެނަރޖީ، އެނާޖީ އިންޖިނިއަރިންގ، އެނާރޖީ މެނޭޖްމަންޓް، އެނާރޖީ ޕޮލިސީ، އެންވަޔަރަންމެންޓަލް ކެމިސްޓްރީ، އެންވަޔަރަންމެންޓަލް އިކޮނޮމިކްސް، އެންވަޔަރަންމެންޓަލް އިންޖިނިއަރިންގ، އެންވަޔަރަންމެންޓަލް މެނޭޖުމަންޓު، އެންވަޔަރަންމަންޓަލް ޕޮލިސީ، އެންވަޔަރަންމެންޓަލް ސައިންސް، އެންވަޔަރަމެންޓަލް ސްޓަޑީޒް، ޖިއޯމެޓިކްސް، ޖިއޮމެޓިކް އިންޖީނިއަރިންގ، ޖިއޯސްޕާޝިއަލް ސައިންސް، ޖިއޯޓެކްނިކަލް އިންޖިނިއަރިންގ، މެރިން ސައިންސް، މެރިން ސަރވޭ، މެރިން ޓެކްނޮލޮޖީ، ނެޗުރަލް ރިސޯސް މެނޭޖްމަންޓް، ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް، ވޯޓަރ އެންޑް ސެނިޓޭޝަން، ވޯޓަރ ކެމިސްޓްރީ، ވޯޓަރ އިންޖީނިއަރިންގ، ވޯޓަރ މައިކްރޯބައޮލޮޖީ، ވޯޓަރ ރިސޯސް މެނޭޖްމަންޓް، ވޯޓަރ ސައިންސް، ވޯޓަރ ޓެކްނޮލޮޖީ،

މަގާމުގެ ޕްރިފަޑް ޑިސިޕްލިން:

  • ނެތް

  މަޤާމުގެ ކޯ ޑިސިޕްލިންގ:

  • އެނަރޖީ
  • އެނާޖީ އިންޖިނިއަރިންގ
  • އެނާރޖީ މެނޭޖްމަންޓް
  • އެނާރޖީ ޕޮލިސީ
  • އެންވަޔަރަންމެންޓަލް ކެމިސްޓްރީ
  • އެންވަޔަރަންމެންޓަލް ސައިންސް

ގުޅޭ ވަޒީފާގެ ދާއިރާތައް:

  • އެންވަޔަރަންމަންޓް
  • ހަކަތަ

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި (http://www.csc.gov.mv/download/2249) ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛   
    (ހ)   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ 
    (ށ)  މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.  
  6. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ: 
    (ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.   
    (ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 
    (ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)  (ރ)  އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ % 25 ( ފަންސަވީސް އިންސައްތަ ) އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމަ އެވެ.

(ކަނޑައަޅާފައިވާ ޤަވާއިދުތަކާއި އުޞޫލުތަކާ އެއްގޮތަށް މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް އިދާރާގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2021 އޭޕްރީލް 06 ގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް 10ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު   އޮންނާނީ، 7 އޭޕްރީލް 2021 އާއި 15 އޭޕްރީލް 2021 އާ ދެމެދު، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3018327,3018330,3018329  އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

25 މާރިޗު 2021