މަސައްކަތް
ނަންބަރު: (IUL)ADAH-AH/INDIV/2021/3
ޕަބްލިޝްކުރި ތާރީޚް: 25 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 09:03
ސުންގަޑި: 05 އޭޕްރިލް 2021 13:30
އދ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އދ. އަތޮޅު ހޮސްޕިޓަލް އަޕްގްރޭޑް ކޮށްދޭނެ ފަރާތެއް ހޯދުން

އދ. އަތޮޅު ހޮސްޕިޓަލް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތައް 25 މާރިޗް 2021 ވާ ބުރާސްފަތި ދުވަހުން ފެށިގެން 05 އެޕްރީލް 2021 ވާ ހޯމަ ދުވަހުގެ މެންދުރު ފަހު 13:30 ގެ ނިޔަލަށް، މި އިޢުލާނާއި  އެޓޭޗްކުރެވިފައިވާ ރެޖިސްޓަރޭޝަން ޝީޓް ފުރިހަމަކުރެއްވުމަށްފަހު  [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 08 އެޕްރީލް  2021 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އާއި އދ. އަތޮޅު ހޮސްޕިޓަލް ގައެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް، ރަޖިސްޓަރވެލައްވާ ފަރާތްތަކަށް އީމެއިލް ކޮށްދެވޭނެއެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާނަމަ 05 އެޕްރީލް 2021 ވާ ހޯމަ ދުވަހުގެ މެންދުރު ފަހު 13:30 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.  އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

 

25 މާރިޗު 2021