ދިވެހިރާއްޖެ
އިޢުލާން
ރ. އުނގޫފާރުގައި ޢިމާރާތްކޮށްފައިވާ އިސްލާމިކް ސެންޓަރަށް ބޭނުންވާ ސައުންޑް ސިސްޓަމް އަދި އައިޓީ އިކުއިޕްމަންޓް ސަޕްލައިކުރުމާއި އިންސްޓޯލްކުރުން
ރ.އުނގޫފާރުގައި އަލަށް ޢިމާރާތްކޮށްފައިވާ އިސްލާމީ މަރުކަޒަށް ބެނުންވާ ފަރުނީޗަރު، ސައުންޑް އިކުއިޕްމަންޓް އަދި އައިޓީ އިކުއިޕްމަންޓް ހޯދުމަށް 23 ފެބްރުވަރީ 2021 ގައި ކުރި (އިޢުލާން ނަންބަރު: (IUL)142-A1/142/2021/11) އިޢުލާނާ ގުޅިގެން ސައުންޑް އަދި އައިޓީ އިކުއިޕްމަންޓަށް ހުށަހަޅާފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ އެތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް، ރަޖިސްޓަރ ކުރައްވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ފޮނުވައިދެވޭނެއެވެ.
ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 28 މާރިޗު 2021 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީގެ މެއިލް [email protected] މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްކުރުމަށް ފޮނުވާ މެއިލް، ސުންގަޑީގެ ކުރިން މިނިސްޓްރީއަށް ލިބިފައިވޭތޯ ކަށަވަރުކުރުމަކީ ބިޑް ހުށަހެޅުމަށް ރަޖިސްޓްރީ ކުރާ ފަރާތުގެ ޒިންމާއެކެވެ.
ރަޖިސްޓަރ ކުރަން ފޮނުވާ މެއިލްގައި ކޮންމެހެން ހިމަނަންޖެހޭ މަޢުލޫމާތު:
- އިޢުލާން ނަންބަރު (މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)
- ކުންފުނީގެ ނަން
- ގުޅޭނެ ފޯނު ނަންބަރު
- އީމެއިލް އެޑްރެސް
- މެއިލް ފޮނުވާ ފަރާތުގެ ނަން
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 06 އެޕްރީލް 2021 ވާ އަންގާރަ ދުވަހުގެ 13:00 ގައި މިނިސްޓްރީގެ މީޓިންގ ރޫމް 01 ގައެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 04 އެޕްރީލް 2021 ވާ އާދީއްތަ ދުވަހުގެ 11:00 ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 3020286، 3020252، 3020239 ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
11 ޝަޢުބާން 1442