ދިވެހިރާއްޖެ
އިޢުލާން
ސާކް ޓިއުބަރކިއުލޯސިސް އެންޑް އެޗް.އައި.ވީ / އެއިޑްސް ސެންޓަރ (ސްޓެކް) ހުސްވެފައިވާ މަޤާމްތަކާގުޅޭ
ސާކް ޓިއުބަރކިއުލޯސިސް އެންޑް އެޗް.އައި.ވީ / އެއިޑްސް ސެންޓަރ (ސްޓެކް) ގެ އެޕިޑިމިއޮލޮޖިސްޓް، ޓެކްނިކަލް އޮފިސަރ އަދި ރިސަރޗް އޮފިސަރ ގެ މަޤާމަށް އެކަށީގެންވާ ވަރަށް އެޕްލިކޭޝަން ލިބިފައިނުވާތީ މި ތިން މަޤާމަށް ސާކް މެމްބަރު ޤައުމުތަކުން ކުރިމަތިލުމުގެ މުއްދަތު 31 މާރޗް 2021 އަށް ވަނީ އިތުރު ކުރެވިފައެވެ.
ވީމާ، މި ތިން މަޤާމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު 29 މާރިޗު 2021 (ހޯމަ) ދުވަހުގެ 12:00ގެ ކުރިން މިނިސްޓްރީ އޮފް ހެލްތުގެ ޕޮލިސީ ޕްލޭނިންގ އެންޑް އިންޓަރނޭޝަނަލް ހެލްތް ޑިވިޜަން އަށް އެޑްރެސްކޮށް ފޮނުވައިދެއްވުމަށް އެދި ދަންނަވަމެވެ.
މިކަމާއި ގުޅޭ އިތުރު މަޢުލޫމާތާއި އެޕްލިކޭޝަން ފޯމް، www.saarctb.org ވެބްސައިޓް އިން ލިބިވަޑައިގަންނަވާނެއެވެ. އަދި މިމިނިސްޓްރީގެ ޕޮލިސީ ޕްލޭނިން އެންޑް އިންޓަރނޭޝަނަލް ހެލްތު ޑިވިޜަން (3014472) އަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
އިޙްތިރާމްޤަބޫލްކުރެއްވުން އެދެމެވެ.
11 ޝަޢުބާން 1442ހ.