ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)230-AHI/230/2021/9
ޕަބްލިޝްކުރި ތާރީޚް: 24 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 13:46
ސުންގަޑި: 05 އޭޕްރިލް 2021 11:00
މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދޮރުފޮތި ހޯދުމާއި ބެހޭ.

                  މިއިދާރާއިން އަތޮޅުގެ މީހުންދިރިއުޅޭ ރަށްރަށުގައި އިމާރާތްކުރަމުންދާ 2 ކޮޓަރީގެ އެޕާރޓްމަންޓްތަކަށް ދޮރޮފޮތި އަމިއްލަ ތަކެތީގައި ފަހައިދީ އަދި ހަރުކުރަން ބޭނުންކުރާ ސާމާނު ގަންނަން ބޭނުންވެއެވެ. ވީމާ، މިތަކެތި މިއިދާރާއަށް ވިއްކުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 1 އެޕްރީލް 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިކަމާގުޅޭ މައުލޫމާތު ކަރުދާސް ނަންގަވާ އަދި ބީލަމުގައި ބައިވެރިވާ ފަރާތްތައް މިއިދާރާގައި ރެޖިސްޓަރ ވާންވާނެއެވެ. މިބީލަމުގައި ބައިވެރިވެވޭނީ ބީލަމުގައި ބައިވެރިވާން ރަޖިސްޓަރވި ފަރާތްތަކުގެ ތެރެއިން އިކޮނޮމިކް މިނިސްޓްރީން ވިޔަފާރި ކުރުމުގެ ހުއްދަ ދީފައިވާ ފަރާތްތަކަށެވެ. 

                  މިކަމާގުޅޭ މައުލޫމާތު ކަރުދާސް އަދި އަންދާސީ ހިސާބު ހުށަހަޅާ ފޯމު މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މިކަމާގުޅޭގޮތުން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 7787307 އަށް ގުޅުއްވާ އަދި ލިޔުމަކުން އެކަމަށް އެދި ހުށަހެޅުއްވުން އެދެމެވެ. އީމެއިލްގެ ޒަރީއާއިންވެސް ރަޖިސްޓަރ ކުރުމާއި އަދި މައުލޫތު ދިނުމުގެ އިންތިޒާމް މިދެންނެވި ނަންބަރަށް ގުޅުއްވުމުން ހަމަޖޭހޭނެ ވާހަކަވެސް ދަންނަވަމެވެ.

އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑިއަކީ 5 އެޕްރީލް 2021 ވާ ހޯމަ ދުވަހު 11:00 އެވެ. އަދި އަންދާސީ ހިސާބުތައް ހުޅުވުމަށް ހަމަޖެހިފައިވަނީ ހަމަ މިދުވަހުގެ 11:05 ގައި މިއިދާރާގެ ކޮންފަރެންސް ރޫމުގައެވެ.

ވީމާ، މިވާހަކަ މައުލޫމާތަށްޓަކައި އަންގާ އިއުލާން ކުރަމެވެ.

24 މާރިޗު 2021