ދިވެހިރާއްޖެ
އިޢުލާން
މިއަތޮޅު ނަރުދޫ ސިއްޙީމަރުކަޒުގެ ވަށާފާރު ރޭނުމުގެ މަސައްކަތް ކުރުމަށް ބޭނުންވެއެވެ.
ވީމާ މިކަމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތައް 24 މާރިޗު 2021 ވާ ބުދަ ދުވަހުން ފެށިގެން 29 މާރިޗު 2021 ވާ ހޯމަ ދުވަހުގެ މެންދުރު ފަހު 13:30 ގެ ކުރިން [email protected] އަށާއި [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށް ފަހު އީމެއިލް ކުރުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 30 މާރިޗު 2021 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި ށ.ނަރުދޫ ސިއްޙީމަރުކަޒާއި، ށ. އަތޮޅު ހޮސްޕިޓަލްގައެވެ.
މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ.
މި އިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 28 މާރިޗު 2021 ވާ އާދިއްތަ ދުވަހު މެންދުރުފަހު 14:00 ގެ ކުރިން [email protected] އަށާއި [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. ރެޖިސްޓަރ ކުރައްވާފައި ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
11 ޝަޢުބާން 1442